logo
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހްމަދު ޝަމްހީދުގެ ކެމްޕޭން ދަތުރުފުޅު ހުވަދު އަތޮޅުން ފެއްޓެވުން

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހްމަދު ޝަމްހީދުގެ ކެމްޕޭން ދަތުރުފުޅު ހުވަދު އަތޮޅުން ފެއްޓެވުން

ޑރ ޝަމްހީދުގެ ފުރަތަމަ ކެމްޕޭން ދަތުރު ހުވަދު އަތޮޅުން ފައްޓަވައިފި

profile

މުޙައްމަދު ފަޟްލޫން - 22 އޮކްޓޯބަރު 2026 - 07:10

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހްމަދު ޝަމްހީދުގެ ކެމްޕޭން ދަތުރު ހުވަދު އަތޮޅުން ފައްޓަވައިފިއެވެ.

https://wamco.com.mv/

undefined

ޑރ ޝަމްހީދުގެ ކެމްޕޭން ދަތުރުތައް 22 އޮކްޓޯބަރު ( މިއަދު) ގައި ފަށާކަން އިއުލާނު ކުރައްވައި އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ ގއ ކޮލަމާފުއްޓަށެވެ.

undefined

ކޮލަމާފުށީގެ އިތުރުން މިދަތުރުފުޅުގައި ގއ ގެ އިތުރު ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

undefined

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޑރ ޝަމްހީދު ގެންދަވަނީ އެމަނިކުފާނުގެ ސިޔާސަތުތަކާއި ބެހޭ ވާހަކަތައް ޕާޓީގެ މެމްބަރުންނާއި ހިއްސާކުރައްވައި ކެމްޕޭން ކުރައްވަމުންނެވެ.

މި ކެމްޕޭން ދަތުރުގައި ގއ ގެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދޮރުން ދޮރަށް ހިންގަވައި ޑރ ޝަމްހީދުގެ ސިޔާސަތުތައް ހާމަކޮށްދެއްވައި ތާއީދު ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ ޝަމްހީދުގެ ކެމްޕޭން ދަތުރުފުޅުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

https://wamco.com.mv/
tel:+9607331319