
މާލޭގައި ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުން،، ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
މާލޭގައި ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި

އާމިނަތު ޝަޒްލާ - 21 އޮކްޓޯބަރު 2026 - 19:47
މޫސުން ގޯސްވެ މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ ގެދޮރަށާއި މުދަލަށް ގެއްލުންވަމުންދާތީ، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށާއި ފިހާރަތަކަށް ފެންވަދެ ގެއްލުންވަމުންދާތީ، ހުރިހާ ރައްޔިތުންވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ހާލަތާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން މާލޭގެ މަގުތަކުގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ޕަމްޕުތައް ޖައްސައި ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ. މީގެއިތުރުން ފެންވަންނަ ގެތަކާއި އިމާރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން، ވެލި ބަސްތާ ބޭނުންވާ ފަރާތްތަކަށް ވެލި ބަސްތާ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން މިއަދު ވަނީ ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ "ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް، އެ ރަށާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ވެސް ހަރަކާތްތެރި ވެފައެވެ.

މި ހާދިސާގެ މައުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ގެ މެންދުރުފަހު 15:08 ހާއިރުއެވެ. މީގެ އިތުރުން މި ދޯނީގައި ދަތުރު ކުރި ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުންނަށް ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވީހާވެސް އަވަހަކަށް ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
5 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވާހަކަ - ބަދުނާމު ( އެޕިސޯޑް 2 )
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
ސައޫދީގެ އިރުމަތީ ސަރަހައްދާއި މަދީނާއަށް އަމާޒުކުރި 5 ޑްރޯނެއް އެގައުމުގެ އިއްތިހާދުން ވައްޓާލައިފި
10 ގަޑިއިރު ކުރިން

ހިމަބިހީގެ އިތުރު ކޭސްއެއް ހުސްވި ހަފްތާގައި ރިޕޯޓްކޮށްފައެއް ނުވޭ: އެޗްޕީއޭ
10 ގަޑިއިރު ކުރިން


