logo

ހިމަބިހީގެ އިތުރު ކޭސްއެއް ހުސްވި ހަފްތާގައި ރިޕޯޓްކޮށްފައެއް ނުވޭ: އެޗްޕީއޭ

profile

މުޙައްމަދު ފަޟްލޫން - 21 އޮކްޓޯބަރު 2026 - 12:41

ވޭތުވެދިޔަ ހަފުތާގައި ރާއްޖެއިން ހިމަބިހީގެ އިތުރު ކޭސްއެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މިއަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއިން ހިމަބިހި ފެންނަން ފެށުމާއެކު، ކޮންމެ ހަފުތާއަކުވެސް ބަލިޖެހޭ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ.

ނަމަވެސް، ފަހުން އަދަދުތައް ދަށަށް ގޮސް، ވޭތުވެދިޔަ ހަފުތާގައި އެ ބަލި ޖެހިފައިވާ އެއްވެސް މީހަކު ރިޕޯޓްކޮށްފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި ކަމަށް ރެކޯޑްކުރެވިފައިވަނީ 5 މީހެކެވެ.

ރާއްޖޭގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު މިހާރު ސުމަކަށް ތިރިކުރެވިފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖުމްލަ 298 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 16،689 މީހަކަށް ހިމަބިހީގެ ވެކްސިން ވަނީ ދީފައެވެ.

ވެކްސިން ފުރިހަމަކުރިކަން ޔަގީންނުވާ ފަރާތްތަކުން، ވެކްސިން ސެންޓަރުތަކަށް ގޮސް ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، ބަލިޖެހިފައިވާ މީހަކާ ބައްދަލުވެފައިވާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުން ލަސްނުކޮށް ވެކްސިން ޖެހުމަށް ވެސް އެ އެޖެންސީން ވަނީ އެދިފައެވެ.

މީގެއިތުރުން، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓް ހަދާ ފަރާތްތަކުން ނަތީޖާ ލިބެންދެން އެކަހެރިވުމަށާއި، ޑޮކްޓަރަށް ދެއްކުމާއި ފަރުވާ ހޯދުމުގައި މާސްކު އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319