.webp&w=3840&q=75)
ސައުދީ އަރަބިއްޔާގެ މަގެއް،، ފޮޓޯ: ގަލްފް ޓައިމްސް
ސައޫދީގެ އިރުމަތީ ސަރަހައްދާއި މަދީނާއަށް އަމާޒުކުރި 5 ޑްރޯނެއް އެގައުމުގެ އިއްތިހާދުން ވައްޓާލައިފި

އާމިނަތު ޝަޒްލާ - 21 އޮކްޓޯބަރު 2026 - 12:49
ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރާ ސައޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން، ސައޫދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ފަސް ޑްރޯނެއް ބުދަ ދުވަހު ހުއްޓުވައި ވައްޓާލާފައިވާ ކަމަށް ހާމަކޮށްފިއެވެ.
މީގެ ތެރޭގައި މުސްލިމުންގެ ދެވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުއްނަބަވީ ހުންނަ މަދީނާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތައް ވެސް ހިމެނެއެވެ.
ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައޫދީއަށް އަމާޒުކޮށް ފޮނުވާލި ހަތަރު ޑްރޯނެއް އިރުމަތީ ސަރަހައްދާއި މަދީނާ ސަރަހައްދުގެ ވައިގެ ތެރެއިން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އިރުމަތީ ސަރަހައްދުން އިތުރު ޑްރޯނެއް ވެސް ވައްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަމަލާތަކުގެ ފަހަތުގައިވަނީ ކޮން ބައެއްކަން ކޯލިޝަނުން ސީދާ ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، ޔަމަނުގެ ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީއު ވަނީ މި ހަމަލާތަކުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ސައޫދީގެ އެތެރޭގެ އެއްވެސް ސަރަހައްދަކަށް އަމާޒުކޮށް އެ ޖަމާއަތުން އެއްވެސް އަސްކަރީ އޮޕަރޭޝަނެއް މިފަހުން ހިންގާފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ މަދަދުލިބޭ ހޫތީންނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަވަމުންދާއިރު، މި މަހުގެ ތެރޭގައި އެ ޖަމާއަތުން ވަނީ ސައޫދީގެ އެކި ސަރަހައްދުތަކަށާއި، ވެރިރަށް ރިޔާޟްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވެސް ހަމަލާތަކެއް ދީފައެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ފަސްދާނުލެވިފައިވާ މާތްވެގެންވާ މަދީނާއާއި މައްކާއަށް ދުވަހައަކުވެސް ހަމަލާ ނުދޭނެ ކަމަށް ހޫތީން މީގެ ކުރިން ބުނެފައިވީ ނަމަވެސް، މަދީނާ ސަރަހައްދުން ޑްރޯންތަކެއް ފެނުމަކީ ސަލާމަތީ ގޮތުން ކަންބޮޑުވުން އުފެދިގެންދިޔަ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭގައި ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި
3 ގަޑިއިރު ކުރިން

ވީހާވެސް އަވަހަކަށް ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
5 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވާހަކަ - ބަދުނާމު ( އެޕިސޯޑް 2 )
5 ގަޑިއިރު ކުރިން

ހިމަބިހީގެ އިތުރު ކޭސްއެއް ހުސްވި ހަފްތާގައި ރިޕޯޓްކޮށްފައެއް ނުވޭ: އެޗްޕީއޭ
10 ގަޑިއިރު ކުރިން


