logo
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ހަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކޮށް، ވެރިންގެ މުސާރަ ބޮޑުކުރުން ބަލައެއް ނުގަނެވޭ: ފައިސަލް

profile

މުޙައްމަދު ފަޟްލޫން - 22 އޮކްޓޯބަރު 2026 - 08:23

ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށްފަހު، ސިޔާސީ މަގާމުތައް އިތުރުކޮށް އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ މިވަގުތު ކޮށްގެންވާނެ ކަމެއް ނޫން ކަމަށްް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ފައިސަލް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައި، ގައުމުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކުރުމެއް ނެތި ރިކަރަންޓް ހަރަދު އިތުރުވާނެ ފަދަ ނިންމުންތައް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ގައުމު ދަރަނިން ސަލާމަތްކުރުމަށާއި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ބޭނުންވާ މާލީ އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި، އާސަންދައާއި އެންސްޕާ މެދުވެރިކޮށް ލިބިދޭ އިޖުތިމާއީ ރައްކާތެރިކަން ހަމަހަމަކަމާއެކު ދިނުމުގެ އިތުރުން، މުދާ އެތެރެކުރުމުގައި ވިޔަފާރިވެރިންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންނާ ގުޅުންހުރި ނާޒުކު މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކުރުމުގެ ގޮތުން ވެރިންގެ މުސާރަ ބޮޑުކުރުމުގެ މައްސަލަ މަޖިލީހުން ފާސްނުކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލިއްޔަތު ކޮމިޓީ އިން ވަނީ މަޖިލީހުގެ ރައީސް އާއި ކައުންސިލަރުންނަށް އިތުރު އެލަވަންސްއެއް ދިނުމަށް ނިންމާފައެވެ.

https://wamco.com.mv/
tel:+9607331319