logo
މާލެ ވިޔަފާރި ބަނދަރު

މާލެ ވިޔަފާރި ބަނދަރު

މާލެ އާއި ތިލަފުއްޓާ ދެމެދު ކޮންޓެއިނަރު އުފުލުމަށް ފީއެއް ނަގަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 15 ނޮވެމްބަރު 2026 - 11:45

މާލެ ކޮމާޝަލް ހާބަރާއި ތިލަފުށި ކާގޯ ޓާމިނަލާ ދެމެދު ކޮންޓެއިނަރު އުފުލުމަށް ހަމަޖެހިފައިވާ އައު ފީތަކެއް ތަޢާރަފުކޮށް، މިއަދުން ފެށިގެން އެ ފީ ނަގަން ފަށައިފިއެވެ.

https://wamco.com.mv/

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ޕޯޓް މައިގްރޭޝަން މަޝްރޫޢުގެ ދަށުން، މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ދެ ބަނދަރުގެ ދެމެދުގައި އުފުލާ 20 ފޫޓުގެ ކޮންޓެއިނަރަކަށް 1،500 ރުފިޔާ އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 3،000 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި ފީތައް ތަންފީޒުކުރަން ފެށުމުގެ ކުރިން އެކަމާ ގުޅޭ މަޢުލޫމާތު ވަނީ ވިޔަފާރިވެރިންނަށާއި ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ.

މި ބަދަލަކީ ތިލަފުށީ ޕޯޓުގެ އޮޕަރޭޝަންތައް ފުޅާކޮށް، ކޮންޓެއިނަރު ބަދަލުކުރުމުގެ އިންތިޒާމުތައް އިތުރަށް ހަލުވިކުރުމަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭ ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕޯޓް މައިގްރޭޝަން މަޝްރޫޢުގެ ދަށުން ގެނެވުނު އައު އުސޫލުގެ ސަބަބުން، ތިލަފުށީގެ ހިދުމަތްތައް ރަނގަޅުވެ، މުދާ ބަދަލުކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު އަވަސްވެގެންދާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319