logo
 ޅ. ނައިފަރު ކައުންސިލް ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ވާޓިކަލް ފާމިންގ އަދި ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމް

ޅ. ނައިފަރު ކައުންސިލް ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ވާޓިކަލް ފާމިންގ އަދި ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމް

ނައިފަރުގައި ހިންގި ވާޓިކަލް ފާމިންގ ޕްރޮގްރާމް ނިންމާލައިފި

profile

މުޙައްމަދު ފަޟްލޫން - 17 ނޮވެމްބަރު 2026 - 12:40

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޅ. ނައިފަރު ކައުންސިލް ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ވާޓިކަލް ފާމިންގ އަދި ހައިޑްރޯޕޮނިކްސް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވާޓިކަލް ފާމިންގ އަދި ހައިޑްރޯޕޮނިކްސްގެ ޢަމަލީ މަޢުލޫމާތާއި ހުނަރު އުނގަންނައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 36 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ވަނީ ނައިފަރުގައި ބާއްވާފައެވެ.

ސްކޫލް ދަރިވަރުންނާއި ދަނޑުވެރިން ބައިވެރިވި މި ޕްރޮގްރާމުގައި، ވާޓިކަލް ފާމިންގގެ އަސާސްތަކާއި، އޮށް އިންދުމާއި، ގަސް މުޑުވައްކުރުމާއި، ގަހަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމުގެ އިތުރުން މިފަދަ ނިޒާމުތައް އެންމެ އެކަށޭނަ ގޮތުގައި ބަލަހައްޓާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ ތަފްސީލީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން އަމިއްލައަށް ސިސްޓަމްތަކުގައި ހައްދާފައިވާ ތަކެތި ވަނީ ކަނޑާފައެވެ.

ނައިފަރުގައި މި ސިސްޓަމްތައް ގާއިމުކޮށްފައިވަނީ ޖަޕާން ސަރުކާރުގެ ދީލަތި އެހީއާއެކު، ޔޫއެންޑީޕީ މެދުވެރިކޮށް ހިންގުނު ޕްރޮޖެކްޓް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ ގެ ދަށުންނެވެ.

https://wamco.com.mv/
tel:+9607331319