
މާފަންނުން ވެސް ޑްރަގް ކެފޭއެއް ބަންދުކޮށްފި!

ރިޟްވާން މޫސާ - 15 ޖުލައި 2026 - 08:08
މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި ތަން ބަންދުކޮށްފައި ވަނީ ތިންމަސްދުވަހުގެ މުއްދަތަކަށެވެ. އެއީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ.
މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ޚާއްސަ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަން ކަން ފާހަގަކޮށްލެވެ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް މާލޭގެ 5 ތަނެއް ވަނީ 3 މަސްދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
ކޯޓު އަމުރުގެ ދަށުން މީގެ ކުރިން ބަންދުކޮށްފައިވާ ތަންތަނަކީ.
ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް
މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް
މ. އަމީރާމަންޒިލްގެ ބައެއް: 1 ޖޫން 2026 އިން 1 ސެޕްޓެންބަރު 2026 އަށް
މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެންބަރު 2026 އަށް
ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ އެއް ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެންބަރު 2026 ގެ ނިޔަލަށެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ފުލުހުން ވިދާޅުވީ މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ދެ ރަށެއްގެ އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތް އަންނަ އަހަރަށް ނިންމަނީ
12 ގަޑިއިރު ކުރިން

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ލިޔުން ދޫކުރަން ފަށައިފި
12 ގަޑިއިރު ކުރިން
ލ. ހިތަދޫ އިން ކަރަންޓު ކެނޑޭތީ އެ މައްސަލަ މަޖިލީހަށް ހުށައަޅައިފި!
13 ގަޑިއިރު ކުރިން

ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ
13 ގަޑިއިރު ކުރިން


.gif&w=3840&q=75)