logo
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ

profile

ރިޟްވާން މޫސާ - 15 ޖުލައި 2026 - 08:03

ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ބޭރު ފައިސާގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

https://wamco.com.mv/

ގަވަރުނަރު މުނައްވަރަށް މެންބަރު ފޮނުއްވި ސިޓީގައި ވަނީ ބޭރު ފައިސާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ މަނިޓަރީ ޕޮލިސީ ތަންފީޒު ކުރުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަވުމަކަށް އެދި ދަންނަވާފަ އެވެ.

މެންބަރު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް 1 ޖަނަވަރީ 2025 އިން ފެށިގެން އަމަލުކުރަން ފަށާފައިވީ ނަމަވެސް އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ނިޒާމީ މައްސަލަތަކުގެ ސަބަބުން ބޭރު ފައިސާގެ ރަސްމީ ނޫން ބާޒާރެއް (ކަޅު ބާޒާރެއް) އުފެދިފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.

އެމްއެމްއޭގެ ގާނޫނުގެ ދަށުން މަނިޓަރީ ޕޮލިސީ ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު މަރުކަޒީ ބޭންކަށް އޮތް ނަމަވެސް އެފަދަ މުހިއްމު ނިންމުންތައް ސަރުކާރުގެ ސިޔާސީ ފަރާތްތަކުން އިއުލާނު ކުރައްވަމުން ގެންދެވުމުގެ ސަބަބުން މަރުކަޒީ ބޭންކުގެ މިނިވަންކަމާ އިތުބާރާ މެދު އުފެދޭ ސުވާލުތައް ކުރުމަށް ވެސް ހުށަހަޅުއްވާފައި ވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk