logo

ދެ ރަށެއްގެ އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތް އަންނަ އަހަރަށް ނިންމަނީ

profile

ރިޟްވާން މޫސާ - 15 ޖުލައި 2026 - 09:07

ދެ ރަށެއްގެ އިސްރަށްވެހިންގެ ހިޔާވަހި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެ ދެ ރަށަކީ ށ. ފުނަދޫއާއި، ކ.ތުލުސްދޫއެވެ.

ރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ.

މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޢުމުރުން ދުވަސްވީ މީހުންނަށް ފަރުވާދޭ، އޭޖެންޑް ކެއަރ ސެންޓަރުތަކެއް ޤާއިމު ކުރުމަށް ވަނީ ނިންމާފައެވެ.

ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އޮފް ސޯޝަލް ޕޮލިސީ ދިފްލާ ރައުފް ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ޤާއިމުކުރާ އިސްރަށްވެހީންގެ ހިޔާވަހީގެ މަސައްކަތް ކުރުމަށް މިދިޔަ މަހު އެމްޓީސީސީއާ ޙަވާލުކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މީގެއިތުރުން ކ. ތުލުސްދޫގައި ޤާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢު އެމްޓީސީސީއަށް އެވޯޑްކޮށް، ފަހުމުނާމާގައި ސޮއިކުރުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށް ދިފްލާ ވިދާޅުވިއެވެ.

އަދި މި މަހުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ޙަވާލުކުރެވޭނެ ކަމަށާއި، އަމާޒަކީ ފުނަދޫއާއި ތުލުސްދޫގައި ޤާއިމުކުރާ އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތްތައް އަންނަ އަހަރަށް ނިންމުން ކަމަށްވެސް ދިފްލާ ވިދާޅުވިއެވެ.

ފުނަދޫގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 40 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެވެ. މި މަސައްކަތުގެ ތެރޭގައި ޞިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި އަދި އެހެނިހެން ޒަރޫރީ ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް އިމާރާތްކުރުން ހިމެނެއެވެ. އަދި ރެކްރިއޭޝަން ކަންކަމަށްވެސް ސަރަޙައްދެއް ޚާއްސަކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk