
ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ލިޔުން ދޫކުރަން ފަށައިފި

ރިޟްވާން މޫސާ - 15 ޖުލައި 2026 - 09:04
ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ހިދުމަތް ހައުސިން މިނިސްޓްރީން ހަމަޖައްސަވައިފި އެވެ.
ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ހިދުމަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ.
މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރަނީ ގުޅިފަޅަށް ގޮސްގެންނެވެ. އެ ވުޒާރާއިން ވިދާޅުވީ، މިހާރު އެ ސަރަހައްދަށް ނުގޮސް، ޕޯޓަލް މެދުވެރިކޮށް މި ލިޔުން ހޯދޭނެ ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި، ގޯތީގެ މިހާރުގެ ހާލަތު ބަލައިލުމުގެ ފުރުސަތު އޮންނާނެ ކަމަަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ލިޔުން ޑައުންލޯޑު ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ މީހުންނަށް އެކަނި ކަމަށެވެ.
އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭ ނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރި ކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް ވެސް ބުންޏެެވެ.
ޕޯޓަލް އިން ގޯތީގެ ލިޔުން ހޯދުމަށް އަމަލުކުރަންވީ ގޮތް:
- ހިޔާވަހި ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގިން ކުރުން
- ޕޯޓަލްގެ މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން "ގޯތި ހަވާލުކުރުން" މިބަޔަށް ޒިޔާރަތްކުރުން
- ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ އެފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލް ފެންނަން ހުންނާނެ. އަދި "ގޯތި ހަވާލުކުރިކަމުގެ ލިޔުން" މިބައިން ޑައުންލޯޑް ކުރެވޭނެ
- ގޯތި ހަވާލުކުރިކަމުގެ ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލުމަށް ކިއުއާރް ކޯޑަކާއި ލިންކެއް ހިމަނާފައިވާނެ. މިކޯޑް ސްކޭން ކުރުމުން ނުވަތަ ލިންކަށް ފިތާލުމުން ގޯތި އޮތްތަން މެޕުން ފެންނާނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ދެ ރަށެއްގެ އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތް އަންނަ އަހަރަށް ނިންމަނީ
13 ގަޑިއިރު ކުރިން

މާފަންނުން ވެސް ޑްރަގް ކެފޭއެއް ބަންދުކޮށްފި!
14 ގަޑިއިރު ކުރިން
ލ. ހިތަދޫ އިން ކަރަންޓު ކެނޑޭތީ އެ މައްސަލަ މަޖިލީހަށް ހުށައަޅައިފި!
14 ގަޑިއިރު ކުރިން

ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ
14 ގަޑިއިރު ކުރިން


.gif&w=3840&q=75)