logo

ކޮންގްރެސް ޕާޓީގެ އެސްޖީގެ މަގާމަށް މޫސާ ފަތުހީ

profile

އައިމިނަތު ޒައިބާ - 20 އޭޕްރީލު 2026 - 04:55

ޕީޕަލްސް ނެޝަނަލް ކޮންގްރެސް -- ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް މޫސާ ފަތުހީ އާދަމް އައްޔަނު ކުރައްވައިފި އެވެ.

https://wamco.com.mv/

ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އައްޔަނު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާ ދެއްވުމުންނެވެ.

އެސްޖީގެ މަގާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ މަގާމުން އިސްތިއުފާ ދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި މުއާޒް އިތުރަށް ވިދާޅުވީ ޕާޓީގެ އެސްޖީގެ މަގާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ އިސްތިއުފާ ދިނީ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk