
ވޯޓުލުމުގެ ދެވަނަ ބުރުގައި ޑަބްލިއުޑީސީގެ ގޮނޑިތައް ޕީއެންސީ އަށް!

ރިޟްވާން މޫސާ - 19 އޭޕްރީލު 2026 - 05:55
ފަސް ރަށެއްގައި ބޭއްވި ވޯޓުލުމުގެ ދެވަނަ ބުރުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ވެރިކަންކުރާ ޕީއެންސީން ހޯދައިފި އެވެ
މި އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ލިބުނީ ޑަބްލިއުޑީސީގެ އެންމެ ގޮނޑުއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ފަރާތަކަށްވެސް ޑަބްލިއުޑީސީގެ އެއް ގޮނޑި ލިބިފައިވެ އެވެ.
އިންތިޚާބުގައި އެއްވަރުވެފައިވަނީ ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ ގޮނޑިއާއި، ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއަކާއި، ލ. މާވަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއެކެވެ.
އޭގެ އިތުރުން، ބ. ދޮންފަނު ކައުންސިލުގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ފުވައްމުލަކުގެ ދަޑިމަގު އަވަށުގެ ގޮނޑީގެ ނަތީޖާ ވެސް ވަނީ އެއްވަރުވެފައެވެ.
ދެވަނަ ބުރުގެ ނަތީޖާގައި ފުވައްމުލަކު ދަޑިމަގު އަވަށުގެ މިހާރުގެ ވެސް ކައުންސިލަރު ޢާއިޝަތު ޢަބްދުލްޤާދިރު ވަނީ ނާކާމިޔާބުވެފަ އެވެ. އެ ގޮތުން، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޢާއިޝަތަށް 562 ވޯޓު ލިބުނުއިރު، އެ ގޮނޑި ކާމިޔާބުކުރެއްވި ކެނޑިޑޭޓު ކަމަށްވާ އަމިއްލަގޮތުން ވާދަކުރެއްވި ޝީޒާ އިބްރާހީމަށް ލިބިފައިވަނީ 595 ވޯޓެވެ.
މީގެ އިތުރުން، ބ. ދޮންފަނު ކައުންސިލުގެ މިހާރުގެ ވެސް އަންހެން ކައުންސިލަރު ޢާއިޝަތު މުނާގެ ގޮނޑި ވަނީ ގެއްލިފައެވެ. ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުނާއަށް 166 ވޯޓު ލިބުނުއިރު، އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓު އާމިނަތު ރަފާޙަށް ލިބުނީ 203 ވޯޓެވެ.
ބާކީ ހުރި ގޮނޑިތަކުގެ ނަތީޖާއަށް ބަލައިލާއިރު:
- ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސް: އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މަހުދިއްޔާ އާދަމަށް 528 ވޯޓު ލިބުނުއިރު، ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެނޑިޑޭޓު ޙައްވާ ފަޒްނާއަށް ލިބުނީ 578 ވޯޓު
- ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު: އަމިއްލަގޮތުން ވާދަކުރެއްވި ފާޠިމަތު ނިޝާދާއަށް 232 ވޯޓު ލިބުނުއިރު، ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާއަށް ލިބުނީ 362 ވޯޓު
- ލ. މާވަށުގެ އަންހެނުންގެ ކޮމިޓީގެ މެންބަރު: އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މަރްޔަމް މާޢިޝާއަށް 545 ވޯޓު ލިބުނުއިރު، ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ޝާފިޢާއަށް ލިބުނީ 563 ވޯޓު
ގުޅުން ހުރި ޙަބަރުތައް

ފެންނަ ނުފެންނަ ވޯޓުން ބަލިވީ ސީދާ ޕީއެންސީ އާ ހެދި: ރައީސް
4 ގަޑިއިރު ކުރިން

ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލްގެ ނަންތައް އާންމުކުރާނަން: ރައީސް
4 ގަޑިއިރު ކުރިން

ސުކޫކު ނެގުމަށް ރަހުނުކުރި ބިންތައް އަނބުރާ ހޯދައިފިން: ރައީސް
4 ގަޑިއިރު ކުރިން


.gif&w=3840&q=75)