
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ: މާރާމާރީ މައްސަލައެއްގައި ބިދޭސީ އަކު ވަނީ ހައްޔަރުކޮށްފައި
ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ރިޟްވާން މޫސާ - 19 އޭޕްރީލު 2026 - 05:54
މާލޭގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ މީހަކަށް ހަމަލާދީ، ކަރު ޒަޚަމުކޮށްލި މައްސަލައިގައި އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ބަނދުލަދޭޝްގެ ރައްޔިތަކަށް ހަމަ އެގައުމަށް ނިސްބަތްވާ މީހަކު ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާއިރު ކަރަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ވެފަ އެވެ. މި މަންޒަރުގެ ވީޑިއޯ ޝޯސަލް މީޑިގައިވެސް ވަނީ ވައިރަލް ވެފަ އެވެ.
ޒަހަމް ވެފައިވާ ބިދޭސީ މީހާ އަށް މިވަގުތުވެސް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމީހާގެ އެހައި ރަނގަޅު ނޫން ކަމަށްވެސް މައުލޫމތު ލިބެ އެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ ކަރަންކާ މަގުގައެވެ.
ފުލުހުން ރޭ ބުނީ، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމުތަކެއް ލިބުނު، އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ ދަންވަރު 1:08 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ މައްސަލައިގައި ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފެންނަ ނުފެންނަ ވޯޓުން ބަލިވީ ސީދާ ޕީއެންސީ އާ ހެދި: ރައީސް
4 ގަޑިއިރު ކުރިން

ވޯޓުލުމުގެ ދެވަނަ ބުރުގައި ޑަބްލިއުޑީސީގެ ގޮނޑިތައް ޕީއެންސީ އަށް!
4 ގަޑިއިރު ކުރިން

މަސްތުވާތަކެތި އެތެރެކުރި ދެ ޒުވާން އަންހެނަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލްގެ ނަންތައް އާންމުކުރާނަން: ރައީސް
4 ގަޑިއިރު ކުރިން


.gif&w=3840&q=75)