
ފެންނަ ނުފެންނަ ވޯޓުން ބަލިވީ ސީދާ ޕީއެންސީ އާ ހެދި: ރައީސް

ރިޟްވާން މޫސާ - 19 އޭޕްރީލު 2026 - 05:57
މިމަހުގެ 4 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ބަލިވީ ސީދާ ޕީއެންސީއާ ހެދި ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވަން އއ އަތޮޅަށް ރައީސުލް ޖުމްހޫރިއްޔާ ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުލި އެއް ސަބަބަކީ ޕީއެންސީގެ ކެމްޕެއިން ޓީމުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތުމުން ކަމަށެވެ.
ކެމްޕެއިންގެ ހަރަކާތްތައް ނިންމާލި ދުވަހު، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ "ފައިދާ"ތައް ކުރު ގޮތަކަށް ކިޔައިދެވޭތޯ މަސައްކަތްކުރައްވައިފައިވާނެ ކަމަށް ވިދާޅުވެ، އެ ވާހަކަފުޅު އަލުން އޮޅައި އަޑުއެއްސެވުމަށް ރައީސް އެދިވަޑައިގަތެވެ.
މިފަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި ޑްބަލިއުޑީސީގެ އިންތިޙާބާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ވެސް ޕީއެންސީން ވަނީ ވަރަށް ބޮޑު ތަނުން ބަލިވެފަ އެވެ.
މުޅި ރާއްޖޭގެ މެޖޯރިޓީ ސިޓީ ތަކުން ނަގާފައިވަނީ ވެސް އިދިކޮޅު އެމްޑީޕީކަން ފާހަގަކޮށްލެވެ އެވެ. އަދި ސިޓީ ތަކުގެ ހުރިހައި މޭޔަރުންގެ މަގާމަށް ވެސް އިންތިޙާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އިންތިހާބުން ރައްޔިތުން ގޮތް ނިންމައިފި ކަަމަށާއި، އެ ނަތީޖާ އަށް އެމަނިކުފާނު ފުރިހަމަ އަށް އިހްތިރާމް ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓުލުމުގެ ދެވަނަ ބުރުގައި ޑަބްލިއުޑީސީގެ ގޮނޑިތައް ޕީއެންސީ އަށް!
2 ގަޑިއިރު ކުރިން

ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލްގެ ނަންތައް އާންމުކުރާނަން: ރައީސް
2 ގަޑިއިރު ކުރިން

ސުކޫކު ނެގުމަށް ރަހުނުކުރި ބިންތައް އަނބުރާ ހޯދައިފިން: ރައީސް
2 ގަޑިއިރު ކުރިން


.gif&w=3840&q=75)