logo
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ސުކޫކު ނެގުމަށް ރަހުނުކުރި ބިންތައް އަނބުރާ ހޯދައިފިން: ރައީސް

profile

ރިޟްވާން މޫސާ - 19 އޭޕްރީލު 2026 - 05:53

މިދިޔަ ސަރުކާރުން ސްކޫކް ނަގާފައިވަނީ ސަރުކާރުގެ މުހިންމު 4 ބިމެއް ރަހުނުގެ ގޮތުގައި ބެހެއްޓުމަށްފަހުގައިކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރު އެ ތަންތަން ސަލާމަތްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާ އއ ރަސްދޫ އަށް ކުރެއްވި ދަތުރުގެ ތެރެއިން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ނަގާފައިވާ 524 މިލިޔަން ޑޮލަރުގެ ސްކޫކް މި ސަރުކާރުން ޤައުމު ބަނގުރޫޓުނުވެ، ދައްކާފައިވާކަމަށެވެ.

މި ސްކޫކް ދައްކާފައިވަނީ ސަރުކާރުގެ ހަކަތައިން ޤައުމުގެ އިތުރު އެއްވެސް ހަރުމުދަލެއް ނުވިއްކައި އިތުރު އެއްވެސް ދަރަންޏެއް ނުނަގައިކަމަށް ރައީސް ވިދާޅުވިއެވެ.

ސުކޫކު މި ސަރުކާރުން ނުދައްކާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަ އަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ސުކޫކު ދެއްކި ކަމުގެ ހުރިހައި ލިޔެކިއުންތަކެއްވެސް މާލީ ވުޒާރާގައި ފެންނަން ހުންނާނެ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ސުކޫކު ނަގާފައިވަނީ ދައުލަތުގެ 4 ބިމެއް ރަހުނުކޮށްގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ރަހުނު ކޮށްފައިވާ ހަތަރު ބިންވެސް ސުކޫކު ދެއްކުމާއެކު ސަލާމަތް ކުރެވިއްޖެ ކަމަށެވެ.

ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ޚަލާސްކޮށްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ. ނަމަވެސް މިހާރު މި ސަރުކާރުން ވަނީ އެ ސްކޫކް އަނބުރާ ދައްކާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk