
ރައީސުލްޖުމްހޫރިއްޔާ ރ.ދުވާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން
ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލްގެ ނަންތައް އާންމުކުރާނަން: ރައީސް

ރިޟްވާން މޫސާ - 19 އޭޕްރީލު 2026 - 05:53
ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލްތަކުގެ ނަންތަކާއި ތަފްސީލް އާންމު ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ
ރައީސުލް ޖުމްހޫރިއްޔާ އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ މުހިންމު ވައުދުތައް ފުއްދުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެވުމުގައި ކައުންސިލްތަކުން އެއްބާރުލުން ނުދެއްވި ނަމަވެސް ވައުދު ފުއްދެވުމުގައި ކައުންސިލްތަކަށް ބެއްލެވުމެއް ނޯންނާނެ ކަމަށާއި، އެ ވައުދެއް ފުއްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްބާރުލުން ނުދޭ ކައުންސިލްތަކުގެ ނަންތަކާއި މައުލޫމާތުތައް ވެސް ރައްޔިތުންނަށް ހިއްސާ ކުރައްވާނެ ކަމަށެވެ.
މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުންހުރީ ޤައުމާއި ދީން އިސްކުރުމުގެ ވިސްނުމުގައިކަން ހާމަވާކަމަށާއި، ގިނަ ރައްޔިތުން ތިބީ ޕީއެންސީގެ ފިކުރު ކަމުގައިވާ ދީނާއި ޤައުމީ ފިކުރަށް މެޖޯރިޓީދީގެންކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ބޮޑެތި ސީޓީތަކުން ކާމިޔާބު ނުލިބުނަސް ރައްޔިތުންގެ ހައްޤުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމުގެ ކަންކަން އެންމެ ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށް ރައްޔިތުންވެސް ޤައުމު އިސްކުރުމަށް އެދިވަޑައިގަންނަވަމުން ރައީސް ވަނީ ކައުންސިލްތަކުން ރައްޔިތުންގެ ހައްޤުގައި ކުރާ ކަންކަމަށް އެއްބާރުލުން ދިނުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އިންތިހާބުގެ ވޯޓުން ނާކާމިޔާބުވުމުގެ ތަފާތު ސަބަބުތައްވާކަމަށާއި، އެކމުގައި ޕީއެންސީގެ ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރެވުންވެސް ހިމެނޭކަމަށެވެ. ނުހަނު ސާފުކޮށް އޮތް މައްސަލައެއް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކިޔައިދެވިފައި ނުވާކަމަށެވެ. އަދި ވިދާޅުވީ އެ ވޯޓުގައި ރައްޔިތުން ނިންމެވި ނިންމެވުމަށް މިއަދުވެސް ފުރިހަމައަށް އިޙްތިރާމް ކުރައްވާކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފެންނަ ނުފެންނަ ވޯޓުން ބަލިވީ ސީދާ ޕީއެންސީ އާ ހެދި: ރައީސް
2 ގަޑިއިރު ކުރިން

ވޯޓުލުމުގެ ދެވަނަ ބުރުގައި ޑަބްލިއުޑީސީގެ ގޮނޑިތައް ޕީއެންސީ އަށް!
2 ގަޑިއިރު ކުރިން

ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ސުކޫކު ނެގުމަށް ރަހުނުކުރި ބިންތައް އަނބުރާ ހޯދައިފިން: ރައީސް
2 ގަޑިއިރު ކުރިން


.gif&w=3840&q=75)