logo
މުރައިދޫގެ ޖަލްސާގައި ޝިޔާމް ވާހަކަ ދައްވަނީ: ފޮޓޯ ރިލްވާން މޫސާ / އަސްލުޓީވީ

މުރައިދޫގެ ޖަލްސާގައި ޝިޔާމް ވާހަކަ ދައްވަނީ: ފޮޓޯ ރިލްވާން މޫސާ / އަސްލުޓީވީ

މި ފަހަރު މި ލިބުނީ "ބީ" ރިޕޯޓެއް، ދެވަނަ ރޭހުގައި ހޯދާނީ "އޭ" ރިޕޯޓެއް: ޝިޔާމް

profile

ރިޟްވާން މޫސާ - 17 އޭޕްރީލު 2026 - 11:32

ލިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޙާބަށް އިޝާރާތް ކުރައްވައި މިފަހަރު ލިބުނީ "ބީ" ރިޕޯޓެއް ކަމަށާއި، ދެން އަންނަ ބުރެއްގައި ހޯއްވާނީ "އޭ" ރިޕޯޓް ކަމަށް ނައިފަރު ދާއިރާގެ ކުރީގެ މެންބަރު އަދި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިޔާމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ހއ. މުރައިދޫ ކައުންސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޙާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ޕީއެންސީގެ ރަސްމީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ އިންތިޙާބުގެ ހުރިހައި ކަމެއްވެސް ވަރަށް ގާތުން ރައީސް ބައްލަވަމުން ގެންދެވި ކަމަށެވެ.

ޝިޔާމް ވިދާޅުވީ ހީކުރެއްވެވި ގޮތަށް އިންތިޙާބުގައި ކަންކަން ނުދިޔަ ކަމުގައި ވިނަމަވެސް ވަރަށް ބޮޑަށް އިންތިޙާބުގެ ކަންކަން މޮނީޓާރ ކޮށް ބައްލަވަމުން ގެންދެވި ކަމަށެވެ. އަދި ވިދާޅުވީ ރައީސް ބޭނުން ފުޅުވާ އޭ ރިޕޯޓް ދެން އަންނަ އިންތިޙާބެއްގައި ހޯއްދަވާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މުރައިދޫގެ ޖަލްސާ މާލޭގައި ބާއްވާތީ އެކަމާ ބައެއް ފަރާތްތަކުން ސުވާލުކުރެއްވެވި ކަމަށާއި، ނަމަވެސް ޕީއެންސީ އަކުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ހުރިހައި ފަރާތްކަށްވެސް އެ ސަޕޯޓް ދެއްވަމުން އަންނަ ކަމަށެވެ.

އިންތިޙާބު ނިމުމުން އިންތިޙާބަށް އިޝާރާތް ކުރައްވައި ރައްޔިތުން ވާހަކަތަކެއް ވިދާޅުވެލެއްވި ވާހަކަ އާއި، ރައީސް އެ ވާހަކަތައް އަޑު އައްސަވާފައިވާ ކަމަށް ވެސް ޝިޔާމް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރައްވަން ޖެހޭ ހުރިހައި ކަމެއްވެސް ރަގަޅު ކުރައްވާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk