
ރައީސް ބޭނުންވާ ގޮތަށް ގާނޫނު ބަދަލުކުރަންޖެހިއްޖެނަމަ ނުނިދައި ހޭލައި ވެސް އެކަން ކުރަން ތައްޔާރު: ސުޖާއު

ރިޟްވާން މޫސާ - 16 އޭޕްރީލު 2026 - 18:08
ގާނޫނަކުން ބަދަލުކުރަން ބޭނުންވާ ކޮންމެ ކަމެއް ވިނަމަވެސް ބަދަލުކުރެއްވިދާނެ ކަމަށާއި، ޕީއެންސީގެ މެޖޯރިޓީ އެގޮތަށް އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހއ. މުރައިދޫ ކައުންސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޙާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ޕީއެންސީގެ ރަސްމީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ސީނިއާ ލީޑަރު ސުޖާއު ވިދާޅުވީ މަޖިލީހުގެ ތެރެއިން ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެ ކަމެއް ކުރެވިދާނެ ކަމަށާއި، މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އާއެކު ކާމިޔާބީ ލިބިފައިވަނީ ޕީއެންސީއަށް ފާހަގަ ކުރައްވަމުން ސުޖާއު ވިދާޅުވީ ކައުންސިލް އިންތިޙާބުގައި ރައްޔިތުން ނިންމި ނިންމުން އިޙްތިރާމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަދި ވިދާޅުވީ 2028 ވަނަ އަހަރާއި ހަމައަށް އަންނައިރު ރަގަޅު ކުރަން ޖެހޭ ކަމެއް އޮތް ނަމަ ރަގަޅު ކުރައްވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި ގެންނަންޖެހޭ އެންމެހައި ބަދަލުތަކެއް ސާބިތުކަމާއެކު ގެންނާނެކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ސުޖާއު ވިދާޅުވީ ރައީސް އެ ވިދާޅުވެލައްވާ ބަދަލުކުރަން ޖެހޭ ކަންކަން ބަދލުކުރެއްވުމުގައި ގާނޫނުނަށް ގެންނަންޖެހޭ ބަދަލެއް އޮތް ނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހުން ކުރައްވާނެ ކަމަށެވެ.
މިރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ އިސް ފަރާތްތަކާއި، އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އިތުރުން ހއ.މުރައިދޫ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ.
ގުޅުން ހުރި ޙަބަރުތައް
ސުލްހައިގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިދާނެ އުއްމީދު އެބައޮތް: ޕާކިސްތާން
7 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" މިއަދު އުފައްދަވައިފި
7 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ، "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" މިއަދު އުފައްދަވައިފި
7 ގަޑިއިރު ކުރިން

ސަރުކާރު ޖަވާބުދާރީ ކުރުމުގައި މަޖިލިސްގެ ދައުރު މުހިއްމު: އަބްދުއްރަހީމް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)