logo

ޕާކިސްތާނުގައި ހަމަނުޖެހުން ހިނގައި 7 މީހުން މަރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 08 ޖޫން 2026 - 10:12

ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ހަތް މީހަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

https://wamco.com.mv/

މި ހަމަނުޖެހުންތަކާ ގުޅޭގޮތުން އެ ސަރަހައްދުގެ އޮފިޝަލުން މިއަދު ވިދާޅުވީ، މި ކުރިމަތިލުންތައް ހިނގާފައިވަނީ ފުލުހުންނާއި އެކްޓިވިސްޓް ގްރޫޕެއްގެ މެމްބަރުންނާ ދެމެދުގައެވެ. އިގްތިސާދީ އަދި ސިޔާސީ އިސްލާހުތަކަށް ގޮވާލަމުންދާ "ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ ޖޭއޭއޭސީ އަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ސަރުކާރުން މަނާކޮށްފައިވާ ޖަމާއަތެކެވެ. ނަމަވެސް އެ ޖަމާއަތުން ވަނީ މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިނގި ރަވާލަކޮޓް ސިޓީގެ ކޮމިޝަނަރު ސަރުދާރު ވަހީދު ވިދާޅުވި ގޮތުގައި، މި ހާދިސާގައި އާންމުންގެ ތިން މީހަކު މަރުވެ، 40 މީހަކު ވަނީ ޒަޚަމްވެފައެވެ. ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހަމަނުޖެހުންތަކުގައި ހަތަރު ފުލުހަކު މަރުވެ، އިތުރު 23 އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި ހާލަތާ ގުޅިގެން ފުލުހުން ވަނީ ކަޝްމީރުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ މުޒައްފަރާބާދުގައި އެއްވުންތައް މަނާކޮށް، ޖޭ.އޭ.އޭ.ސީގެ މަރުކަޒީ އޮފީސް އާދިއްތަ ދުވަހު ބަންދުކޮށްފައެވެ. ޖޭ.އޭ.އޭ.ސީގެ މެމްބަރުން ވަނީ އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުން ކުށްވެރިކޮށްފައެވެ. އަދި އެ މީހުން ވަކާލާތު ކުރަނީ އިގްތިސާދީ އަދި ސިޔާސީ ގޮތުން ލިބިދޭންޖެހޭ އަސާސީ ހައްގުތަކަށް ކަމަށް އެ ޖަމާއަތުން ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ ހަފްތާ ބަންދު ތެރޭގައި އެ ޖަމާއަތަށް ނިސްބަތްވާ 70 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk