
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާ ހޯދަނީ

ރިޟްވާން މޫސާ - 25 ޖުލައި 2026 - 06:30
ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކުލަވާލާ "އެންޓި ބުލީ ޤާނޫނު"އަށް ބޭރުގެ ލަފާ ހޯދަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕަލްސް ފޮޑްކާސްޓް ސީރީޒްގެ 5ވަނަ އެޕިސޯޓުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ކުރެވެންހުރި ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށާއި، އެންޓިބުލީން ޤާނޫނަކީ އޭގެތެރޭގައި ހިމެނޭ މަސއްކަތެއް ކަމަށެވެ.
އަދި އެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ބުލީކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަންނީ މީހުންނާއި، ސްޓޭކް ހޯލްޑަރުންގެ މަޝްވަރާގެ މަތިންކަމަށް ރައީސް ވިދާޅުވިއެވެ.
އެންޓި ބުލީގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް އާސަންދަ މެދުވެރިކޮށް ހަމަޖެހުމަކީ، އެފަދަ ހާލަތްތައް ތަހައްމަލު ކުރާ މީހުންނަށް ލިބުނު ލުޔެއްކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ހޮސްޕިޓަލުތަކުން ލިބޭ ނަފްސާނީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމާއި، އައު މެންޓަލް ހެލްތު ފެސިލިޓީއެއްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ، ދެއްވާފައެވެ.
މި ޤާނޫނު މެދުވެރިކޮށް ބުލީ ކުރުމާ ގުޅޭ މައުލޫމާތުތައް ޚާއްސަ ނިޒާމެއްގެ ދަށުން ޤަވާއިދުން ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓް ކުރެވޭނެ ގޮތް ހަމަޖައްސާނެއެވެ. އަދި ސްކޫލުތަކުގެ ރަސްމީ މަންހަޖުގައި ބުލީގެ ތަފްސީލީ މައުލޫމާތު ހިމަނަން އެ ބިލުގައި ހިމަނާނެކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
އިންޑިއާގެ އާ އެޑިއުކޭޝަން މިނިސްޓަރަކަށް ޕްރަލްހާދު ޖޯޝީ ހަމަޖައްސައިފި
38 މިނިޓު ކުރިން

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ނޮވެމްބަރު މަހަށް ނިންމާލެވޭނެ: ރައީސް
7 ގަޑިއިރު ކުރިން

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާދެއްވައިފި
7 ގަޑިއިރު ކުރިން

ރައީސް، ސައުދީގެ އަމީރުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)