logo

މާލެ ސަރަހައްދުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި 4 މައިދާނެއްގައި ކުރަން ހަމަޖެހިއްޖެ

profile

މުޙައްމަދު ފަޟްލޫން - 21 މޭ 2026 - 07:12

މާލެ ސަރަހައްދުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި 4 މައިދާނެއްގައި ކުރަން ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި އީދު ނަމާދު ކުރަން ފަށާގަޑިއަކީ ހެނދުނު 7.00 އެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައެވެ.

ވިލިމާލެ ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ވިލިގިލި ބޯޅަދަނޑުގައެވެ.

ހުޅުމާލެ ފޭސް އެކެއްގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ސިންތަޓިކް ޓްރެކްގައެވެ.

ހުޅުމާލެ ފޭސް ދޭއްގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ކުޅިވަރު އެކުވެނި ނުވަތަ ސްޕޯޓްސް ކޮމްޕްލެކްސްގައެވެ.

ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާއިރު މާލޭގެ 17 މިސްކިތަކާއި ވިލިމާލޭގެ ދެ މިސްކިތުގައި އާއި ހުޅުމާލެ 1 ގެ ފަސް މިސްކިތަކާއި ހުޅުމާލެ 2 ގެ ދެ މިސްކިތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ މި ހިނގާ މެއި މަހުގެ 27 ވަނަ ދުވަހެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk