
ޢީދު ބަންދުގައި ވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ: މެޓް އޮފީސް

އާމިނަތު ޝަޒްލާ - 20 މޭ 2026 - 11:05
ޢީދު ބަންދުގައި ރާއްޖެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. މެޓް އޮފީހުން ބުނީ ޢީދު ބަންދުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކު ކުރެވޭ ކަމަށެވެ.
ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށާއި، އެހެންނަމަވެސް ހޮނިހިރުން ފެށިގެން ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެކަމަށާއި އަދި މިމަހުގެ 24،23 އަދި 25 ވަނަ ދުވަހު ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
މެޓު އޮފީހުން ބުނީ ޢީދު ބަންދު ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ، ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެއެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މެޓު އޮފީހުން އަންނަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އެކި ހިސާބުތަކަށް ސަމާލުވެސް ނެރެމުންނެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 12:00އިން އިރުއޮއްސި 6:00 އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، އަދި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
މެޓު އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހެޔޮ ވެރިކަން ގެނައުމަށް ތިނަދޫ އަކީ އެންމެ ބުރަކޮށް މަސައްކަތްކުރި އެއްރަށް: ރައީސް ނަޝީދު
7 ގަޑިއިރު ކުރިން

ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
7 ގަޑިއިރު ކުރިން

މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމުގެ ބަހުސްގައި 10 މިނެޓް ދޭން ނިންމައިފި
9 ގަޑިއިރު ކުރިން
ރ މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)