logo

ފަވަރަ މެދުވެރިކޮށް މިހާތަނަށް 100 ބިލިޔަން ރުފިޔާގެ މުޢާމާލަތް ކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 ޖުލައި 2026 - 08:34

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ފަވަރަ މެދުވެރިކޮށް މިހާތަނަށް 100 ބިލިޔަން ރުފިޔާއަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާކަމަށް ޕޭމަންޓް މޯލްޑިވްސްއިން ހާމަކޮށްފިއެވެ. ޕޭމަންޓް މޯލްޑިވްސްއަކީ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެކެވެ.

https://wamco.com.mv/

ފަވަރަ ސިސްޓަމަކީ ރައްކާތެރިކަމާއެކު ވަގުތުން ވަގުތަށް މާލީ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެމްއެމްއޭއިން ފަރުމާކޮށް، 26 އޮގަސްޓް 2023 ގައި ތައާރަފުކުރި ނިޒާމެކެވެ.

މިއީ މާލީ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ފަރާތްތަކަށާއި، ބޭންކު އެކައުންޓެއް ނެތް ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ކޮންމެ ބޭންކެއް ބޭނުންކުރި ކަމުގައިވިޔަސް، އެއްހަމައެއްގައި ފަސޭހަކަމާއެކު މުއާމަލާތްތައް ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ.

މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޕޭމަންޓް މޯލްޑިވްސްގެ ސީއޯއޯ އަދި އެކްޓިން ސީއީއޯ މަރިޔަމް ޝަބާ ވިދާޅުވީ، ފަވަރަ މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދުން މި ނިޒާމުގެ ކާމިޔާބީ ވަރަށް ބޮޑަށް ހާމަވާ ކަމަށެވެ. އެގޮތުން، މިހާތަނަށް އެއް ބޭންކުން އަނެއް ބޭންކަށް 100 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މި ސިސްޓަމްގެ އެހީގައި ވަނީ ބަދަލުކޮށްފައެވެ.

ފަވަރަ ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފަވަރަ ޓްރާންސްފާ މެދުވެރިކޮށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭއިރު، ފަވަރަ ރިކުއެސްޓް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ބިލް ފޮނުވައިގެން ފައިސާ ހޯދުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޕޭމަންޓް މޯލްޑިވްސްގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ފަވަރައިގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk