logo
ޓްރަމްޕް ކޯޓު ރޫމުގައި

ޓްރަމްޕް ކޯޓު ރޫމުގައި

ޓްރަމްޕްއާ ދެކޮޅަށް 34 ދައުވާއެއް!

profile

އަހުމަދު ޒަލީފު - 05 އޭޕްރީލު 2023 - 19:28

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެކޮޅަށް 34 ދައުވާއެއް އުފުލައިފިއެވެ.

https://wamco.com.mv/

ޓްރަމްޕް ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާއިއެކު ޓްރަމްޕް ބޭއްވި ނަހަމަ ގުޅުން ސިއްރު ކުރަން ފައިސާދީ، އެފައިސާ ދިންކަން ލިޔެކިޔުންތަކުން ނުފެންނަ ގޮތް ހެދި މައްސަލައިގައެވެ.

މިމައްސަލައިގައި ޓްރަމްޕް މަންހަޓަން ކޯޓަށް ގެންދެވިފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން 34 ދައުވާއެއް އުފުލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ދައުވާގެ ތަފްސީލެއް މީޑިއާތަކުން އާންމުކޮށްފައެއް ނުވެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ބެހޭ ގޮތުން އޭނާ ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ. އޭނާގެ މައްޗަށް ދައުލަތުން 34 ދައުވާއެއް އުފުލާފައިވާއިރު، އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރު ކުރާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ނަމަވެސް އޭގެ ފަހުން އޭނާ ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ޓްރަމްޕްގެ މައްޗަށް ދައުލަތުން 34 ދައުވާއެއް އުފުލާފައިވާއިރު، އޭނާއަކީ އެގައުމުގެ ރައީސްކަން ކުރި ބޭފުޅުންގެ ތެރެއިން ޖިނާއީ ދައުވާއެއް އެމީހެއްގެ މައްޗަށް އުފުލި ފުރަތަމަ ރައީސެވެ. މި ދައުވާތައް އޭނާގެ މައްޗަށް އުފުލިއިރު، އޭނާ ވަނީ އަންނަ އަހަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ މަސައްކަތް ފަށާފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay