logo
ފޮރިން މިނިސްޓްރީ ބިލްޑިންގ

ފޮރިން މިނިސްޓްރީ ބިލްޑިންގ

ޔަމަނުގެ މައްސަލަ ނިމުމަކަށް ގެނައުމަށްޓަކައި ސައުދީން ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ތާއީދުކޮށްފި

profile

މުޙައްމަދު މުއައްވަޒު - 17 އޭޕްރީލު 2023 - 11:00

ޔަމަނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ޓަކައި, ސިޔާސީ ހައްލެއް ހޯދުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ތާއީދުކުރާކަން ހާމަކޮށްފި އެވެ.

https://wamco.com.mv/

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ މައްސަލަ ނިމުމަކަށް ގެނައުމަށް ފުޅާ ދާއިރާއެއްގައި ސިޔާސީ ހައްލެއް ހޯދުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން ތައީދުކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި، ސަޢޫދީ ޢަރަބިއާއިން ޔަމަނަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު، މުޙައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންޢާގައި މި އޭޕްރިލް މަހުގެ 8 ން 13 އަށް ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށް އެކަމަށް ވަނީ މަރުޚަބާ ދަންނަވާފައެވެ.

އެ ބައްދަލުވުންތަކަކީ، މާޗް 2021 ގައި އިޢުލާނުކުރި ސަޢުދީ އިނީޝަޓިވް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭޕްރިލް 2022ގައި ޔަމަނުގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އދ. އިން އިޢުލާނު ކުރީއްސުރެ ޔަމަނުގެ މަސްރަހަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރެވިގެންދިޔަ ބައްދަލުވުންތަކެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ޔަމަނުގެ ތަރައްގީއާއި ތަނަވަސްކަމާއި ސުލްހަ އާއި ހަމަޖެހުމަށް ޔަމަނުގެ ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމަށް ކުރާ މި މަސައްކަތްތަކަށް ހެޔޮ އިޖާބަ ދިނުމަށް ދިވެހި ސަރުކާރުން ވަނީ ޔަމަނުގެ ހުރިހާ ޕާޓީތަކަށް (ގާނޫނީ ސަރުކާރަށާއި ހޫތީންނަށް) ގޮވާލާފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay