logo

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 16 ސެޕްޓެމްބަރު 2025 - 16:18

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ކަމަށް، މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމަށް، ނާސިހް ރައީސް މުއިއްޒު މިއަދު އައްޔަނުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިދެ ދެބޭފުން މަގާމަށް އައްޔަންކުރައްވާފައި ވަނީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމަށް މުޖުތާޒް އަދި ނައިބު ރައީސް ކަމަށް ނާސިހް އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އަދި މުޖްތާޒް ވަނީ ރައީސްގެ އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޮ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވާފައެވެ.

ނާސިހް އަކީ ހިންގުމުގެ ދާއިރާގެ 28 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

ނާސިހް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލިވަޕޫލްއިން މާސްޓާސް އޮފް އިންޖިނިއަރިން ހާސިލްކުރައްވާފައިވެއެވެ.

ސީއެސްސީއަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލުމާއި، ކުރިމަތިލާ ފަރާތްތަކުން އިންޓަވިއުކޮށް އައްޔަންކުރަން ކަނޑައަޅައި މީހުނަށް ރުހުން ދިނުމާއި، ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ސިވިލް ސާވިސް ކޮމިޝަންގައި ފަސް މެމްބަރުން ތިއްބަވައެވެ.

https://etukuri.mv/
https://www.aslu.com.mv