
އިންޑިއާގެ ހިންދޫންގެ ދީނީ ފެސްޓިވަލެއްގެ ތެރެއަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ލޮރީއެއް ވަދެ، 13 މީހަކު މަރުވި ހާދިސާގައި ގިނަ މީހުންތަކެއް ހޮސްޕިޓަލަށް ޖަމާވެފައި.. ޕޮޓޯ: ސީބީސީ
އިންޑިއާގައި ދީނީ ފެސްޓިވަލެއްގެ ތެރެއަށް ލޮރީއެއް ވަދެ، 13 މީހަކު މަރުވެއްޖެ

އާމިނަތު ޝަޒްލާ - 18 އޮކްޓޯބަރު 2026 - 10:59
އިންޑިއާގެ މެދުތެރޭ މަދްޔަޕްރަދޭޝް ސްޓޭޓްގައި ބާއްވަމުންދިޔަ ހިންދޫންގެ ދީނީ ފެސްޓިވަލެއްގެ ތެރެއަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ލޮރީއެއް ވަދެ، 13 މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ އޮފިޝަލުން މިއަދު ހާމަކުރައްވައިފިއެވެ.
ގަލްފް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މަދްޔަޕްރަދޭޝް ސްޓޭޓްގެ ގުވަލިއޯރު އަވަށުގައި ހުންނަ ފައްޅިއަކަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި ވަނިކޮށެވެ. މުދާ ބަރުކޮށްގެން ދަތުރުކުރި އެ ލޮރީ މީހުންތަކުގެ ތެރެއަށް ވަދެފައިވަނީ މިއަދުގެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ޑްރައިވަރަށް ސްޕީޑް ކޮންޓްރޯލް ނުކުރެވިގެން ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގެއެވެ.
އިންޑިއާގެ ހިންދޫންގެ ދީނީ ފެސްޓިވަލެއްގެ ތެރެއަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ލޮރީ
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވަނީ، މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީ.ޓީ.އައި) އިން ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި މި ހާދިސާގައި 13 މީހަކު ވަނީ މަރުވެފައެވެ.
އިންޑިއާގެ ރައީސް ދްރޮޕަތީ މުރުމޫ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.
އިންޑިއާގެ ރޯޑް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގައި 2025 ވަނަ އަހަރު މަގުމަތީގެ އެކްސިޑެންޓްތަކުގައި 183,000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 500 އަށްވުރެ ގިނަ މީހުންނެވެ. ރަސްމީ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިފަދަ ގިނަ ހާދިސާތައް ހިނގަން މެދުވެރިވަނީ މަގުތަކުގެ ފެންވަރު ދަށްވުމާއި، އުޅަނދުފަހަރުގެ މަރާމާތު ބަރާބަރަށް ނުކުރުމުގެ އިތުރުން، ޑްރައިވަރުން މާބޮޑަށް ވަރުބަލިވެފައި ތިބުމުގެ ސަބަބުންނެވެ.
ގުޅުން ހުރި ޙަބަރުތައް
ޔަމަނު ސަރަހައްދަށް ސައޫދީ ކޯލިޝަންގެ ހެލިކޮޕްޓަރެއް ވެއްޓި، ދެ ޕައިލެޓުން މަރުވެއްޖެ
11 ގަޑިއިރު ކުރިން

"ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން 2026" އަށް މިއަހަރުވެސް ރާއްޖެ ނޮމިނޭޓްވެއްޖެ
11 ގަޑިއިރު ކުރިން

މަސްވެރިންނަށް ބޮޑު އުފަލެއް: މިފްކޯއިން ކަޅުބިލަމަސް ކިލޯއެއްގެ އަގު މިހާރު 22.75 ރުފިޔާއަށް!
11 ގަޑިއިރު ކުރިން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: ދައުލަތަށް ލިބޭ މާލީ ގެއްލުން
19 ގަޑިއިރު ކުރިން


