
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ހިންގަނީ

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 08:21
ރަސްމާލޭގައި ފެންވަރު މަތީ މެރީނާއެއް ތަރައްގީކޮށް ހިންގުމަށްޓަކައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރު ގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އީގަލް ހިލްސްއަކީ ދުނިޔޭގެ 18 އަށް ވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށް، 45 ހޮޓަލެއްގެ ޕޯޓްފޯލިއޯއެއް އޮންނަ، ބައިނަލްއަގްވާމީ ފެންވަރުގެ އަމިއްލަ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. އެ ކުންފުންޏަކީ ޔޫއޭއީގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ފެންވަރު ރަނގަޅު މިކްސްޑް ޔޫސް އަދި ލައިފްސްޓައިލް މަޝްރޫއުތައް ކާމިޔާބުކަމާއެކު ތަރައްގީ ކުރަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.
މީގެއިތުރުން، ދުނިޔޭގެ މަޝްހޫރު ބުރުޖް ހަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ ބިނާތައް ތަރައްގީކުރި އިމާރް ކުންފުނިން ވެސް މި މަޝްރޫއުގައި ބައިވެރިވާނެއެވެ.
ރާއްޖޭގެ ޖުމްލަ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރުގައި ހުރިއިރު، މި މަޝްރޫޢުގެ އިންވެސްޓްމަންޓަކީ ރާއްޖޭގެ ޖީޑީޕީއަށް ވުރެ ވެސް ދެ ގުނައަށް ވުރެ ބޮޑު އަދަދެކެވެ.
ހައުސިންގ މިނިސްޓްރީ އާއި އީގަލް ހިލްސް ގުޅިގެން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޔޫއޭއީގެ އަބޫދާބީގައި މަރުކަޒުވެފައިވާ އެ ކުންފުންޏާއެކު މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު އަބޫދާބީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު އެވެ.
އީގަލް ހިލްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު އެވެ.
ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުގެ ތެރޭގައި ފަތުރުވެރިކަމުގެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދުބާއީގެ ވެރިޔާގެ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
7 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫޢަށްވުރެ މިވަގުތަށް މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ރައީސް ނަޝީދު
8 ގަޑިއިރު ކުރިން

ގާޒީ ބިލްޑިންގ ހުރި ބިމުގައި ތަރައްގީ ކުރި ޕާކިންގ ޒޯނު ހުކުރު ދުވަހު ހުޅުވަނީ
8 ގަޑިއިރު ކުރިން

ރޯދަމަހުގެ ދަނޑުވެރިންގެ ބާޒާރުގައި ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
8 ގަޑިއިރު ކުރިން


