logo

"ތިލަމާލެ ބުރިޖް" މިވަގުތު ކުރިއަށްދަނީ ފިނިޝިންގ ގެ މަސައްކަތް

profile

ރިޟްވާން މޫސާ - 26 ސެޕްޓެމްބަރު 2026 - 06:54

ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ އެއް މަޝްރޫއުގެ ތެރެއިން ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ބޮޑު ބައެއް ނިމި މިވަގުތު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

https://wamco.com.mv/

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭއިރު ބްރިޖު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އޭރުން ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ އެވެ.

މާލޭން ފެށިގެން ތިލަފުށްޓާ ހަމައަށް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. އެ ޕްރޮޖެކްޓްގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި ދެ މަގާއި ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި ޕާކިން ސަރަހައްދުތައް ގާއިމުކުރެވޭނެ އެވެ.

undefinedތިލަމާލެ ބުރިޖުގެ މަސައްކަތް ވަރަށް ބާރު މިނުގައި ދަނީ ކުރިއަށް

މާލެ-ތިލަފުށި ބްރިޖަކީ މި ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ސިޔާސަތުގެ މުހިންމު ބަޔެކެވެ.

މަޝްރޫޢުގެ ހަތަރުބައިކުޅަ ތިން ބައިގެ މަސައްކަތް މިހާރު މުޅިން ނިންމިފައިވާއިރު، މިހާރު ކުރަމުންދަނީ މާލެއިން ވިލިމާލެއަށް ގުޅާލާ ބައިގެ ފިނިޝިން މަސައްކަތްތަކެވެ. މުޅި މަޝްރޫޢުގައި 6.7 ކިލޯމީޓަރު ތަރައްޤީކުރާއިރު، މާލެއިން ވިލިމާލެއަށް އެއީ 2.05 ކިލޯމީޓަރުގެ ދިގުމިނެވެ.

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅާލާ ސެގްމެންޓުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކެވެ. މިގޮތުން ބުރިޖުން ދޮކޮޅަށް ދުއްވާ ލޭންތައް ވަކިކުރުމަށް ޖަހާ މީޑިއަން ބެރިއަރގެ މަސައްކަތާއި، ތާރު އެޅުމުގެ ކުރިން ޑެކްގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މީގެއިތުރުން ރެއިލިން ހަރުކުރުމާއި މަގު ބައްތި އަދި ސީސީޓީ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް ކުރިއަށްދާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުގެ މިހާރުގެ ޢަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢުގެ މަސައްކަތް ނިންމާލުމެވެ. ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމާ ގުޅޭ މަސައްކަތްތައްވެސް ބާރު ދުވެލީގައި ދަނީ ނިންމަމުންނެވެ.

undefinedތިލަމާލެ ބްރިޖް ރައީސް ޑރ މުޢިއްޒު ބައްލަވާލެއްވުން: ފޮޓޯ ރައީސް އޮފީސް

މީގެއިތުރުން މި ރަށްތަށް ހުރަސްކޮށް ހަދާ ހައިވޭތަކުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރަމުންނެވެ. މި މަޝްރޫޢުއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އަދި ދިވެހި ސަރުކާރުން ކުރިއަށްގެންދާ 500 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.

ތިލަމާލެ ބުރިޖު ވެގެންދަނީ ސަރަޙައްދީ ތަރައްޤީއާއި އަދި މުޅި ރާއްޖޭގައިވެސް ފާހަގަކޮށްލެވޭފަދަ އުމްރާނީ ތަރައްޤީގެ ބޮޑު މަޝްރޫޢަކަށެވެ. މި މަޝްރޫޢުގައި ސަރުކާރު ހަވާލުވިއިރު ނިންމާފައިވަނީ %27 މަސައްކަތެވެ.

https://wamco.com.mv/
tel:+9607331319