logo

ޖަޕާނު ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 25އަށް!

profile

ރިޟްވާން މޫސާ - 30 ޖުލައި 2026 - 17:08

ޖަޕާނުގެ ދެކުނުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުމުގައި މަރުވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ.

ރިކްޓަރ މިންގަނޑުން 7.1 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ޔަޓްސުޝިރޯ ފަދަ ސިޓީތަކުގެ ގެދޮރަށާއި މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމުން ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމުން ވަނީ ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިފައެވެ.

https://wamco.com.mv/

މި ބިންހެލުމުގެ ސަބަބުން ޓޮޔޯޓާ، ހޮންޑާ، ސޮނީ އަދި ޓީއެސްއެމްސީ ފަދަ ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

ކުރިއަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި ފިނިހޫނުމިން 40 ޑިގްރީއަށް އުފުލޭނެ ކަމަށް ލަފާކުރެވޭތީ، ހޫނު ގަދަވުމުގެ ސަބަބުން ސިއްޙީ މައްސަލަތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ. ޖަޕާނުގެ އަސްކަރިއްޔާއިން (އެސްޑީއެފް) ދަނީ ހާލުގައި ޖެހިފައިވާ މީހުން ތިބި ވަގުތީ ހިޔާތަކުގައި 300 އެއާކޮންޑިޝަން ޔުނިޓް ހަރުކޮށް، ސިޓީގެ އެކި ހިސާބުތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ޔަޓްސުޝިރޯ ސިޓީގެ ގާތްގަނޑަކަށް 58،000 ގޭބިސީއަށް ބުރާސްފަތި ދުވަހާ ހަމައަށް ވެސް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބިފައެއް ނުވެއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ، ފެން ހޮޅިތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް ނިންމާލެވޭނެ ވަކި މުއްދަތެއް އަދި އަންދާޒާ ކުރަންވެސް ނޭނގޭ ކަމަށެވެ.

އެ ސިޓީގެ ނަރުދަމާ ނިޒާމަށް ގެއްލުންވުމުގެ ސަބަބުން، އޮފިޝަލުން ވަނީ މަގުމަތީގައި ވަގުތީ ފާޚާނާތައް ބަހައްޓާފައެވެ. މި ދުވަސްވަރު އެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްގައެވެ. އެ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިން ބުނި ގޮތުގައި، މާދަމާގެ ހަވީރާ ހަމައަށް ކަރަންޓުގެ ޚިދުމަތް އަލުން ދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނަ ޢަދަދެއްގެ އަލިފާން ފަރުބަދަތައް އޮންނަ 'ރިންގ އޮފް ފަޔަރ' ގެ ނަންދީފައިވާ ސަރަޙައްދުގައި އޮންނަ ޤައުމަކަށް ވުމުން، ދުނިޔެއަށް އަންނަ ބާރުގަދަ ބިންހެލުންތަކުގެ އަސަރު އެ ޤައުމަށް ކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk