logo

ޖަޕާނަށް އައި ބިންހެލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

profile

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 12:46

ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗާ ސަރަހައްދަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ޖަޕާނުގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ތަކައިޗީ ސަނާއޭއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާގެ ސަބަބުން ލިބުނު ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޖަޕާނުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި އެ ގައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރި ހަމްދަރުދީއާއި ތަޢުޒިޔާ ރައްދުކުރައްވާފައިވެއެވެ.

މި ބިންހެލުމުގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވަމުން، ހާދިސާގައި އަނިޔާވި މީހުންނާއި، ގެދޮރު ގެއްލުނު ފަރާތްތަކާއި، މި ކާރިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

މި ދަތި ދަނޑިވަޅުގައި، ލިބުނު ގެއްލުންތަކުން އަރައިގަނެ، ގައުމު އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާ ޖަޕާނުގެ ރައްޔިތުންނާއެކު ވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މެސެޖު ނިންމަވާލައްވަމުން، ޖަޕާނުގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ރައްކާތެރިކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެން، މި ހިތާމައިން އަރައިގަތުމަށް ބޭނުންވާ ހިތްވަރާއި ސާބިތުކަން ލިބި، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ ގައުމުގެ ހާލަތު އާންމު ހާލަތަށް ރުޖޫޢަވުމަށް އެދިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk