logo

ބީއެމްއެލްއިން ލިވްއެބޯޑް ފައިނޭންސް ތައާރަފުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 14:32

ރާއްޖޭގެ ލިވްއެބޯޑް ނުވަތަ ސަފާރީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އަމާޒުކޮށް، ލިވްއެބޯޑް ފައިނޭންސް ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ހާއްސަ ލޯނު ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ.

https://wamco.com.mv/

މި ފެސިލިޓީއަކީ އުޅަނދުފަހަރު ބަނުމާއި، ގަތުމާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ދޫކުރާ މާލީ އެހީތެރިކަމެކެވެ.

އަހަރަކު %9.5 ގެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ހާއްސަ ސިފައަކީ، ރަހުނެއްގެ ގޮތުގައި ފައިނޭންސްކުރާ އުޅަނދު ފިޔަވައި އިތުރު އެއްޗެއް ބޭނުންނުވުމެވެ.

މި ލޯނު އަނބުރާ ދެއްކުމަށް 7 އަހަރުގެ މުއްދަތެއް ލިބޭއިރު، ފައިސާ ދެއްކުން ހަމަޖެހިފައިވަނީ އެމެރިކާ ޑޮލަރުންނެވެ.

ލޯނު ދެއްކުމުގައި، މި ދާއިރާގެ އާމްދަނީއަށް އަންނަ ބަދަލުތަކަށް ބަލައި، ޕީކް އަދި އޮފް ޕީކް ސީޒަނާ ގުޅޭގޮތުން ފައިސާ ދެއްކޭނެ ލުއި އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ލިވްއެބޯޑް ސިނާއަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ތަނބަކަށް ވީހިނދު، މި ފެސިލިޓީ ފަރުމާކޮށްފައިވަނީ މި ދާއިރާގެ ވިޔަފާރިތަކަށް އާމްދަނީ ލިބޭ ގޮތާއި ހިންގުމުގެ ހަރަދުތަކަށް ރިއާޔަތްކޮށްގެންނެވެ.

މީގެ ސަބަބުން، މިހާރު ހަރަކާތްތެރިވާ އޮޕަރޭޓަރުންނަށާއި އަލަށް މި ދާއިރާއާ ގުޅެން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް މަގުފަހިވެގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk