
2 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 14:32
މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓްތައް ދައްކާގޮތުން، އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 71 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 276 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 1.2 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރުގެ އާމްދަނީ ކަމަށްވާ 5.48 ބިލިއަން ރުފިޔާއަށްވުރެ 27 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމެވެ.
ސަރުކާރާއި އެސްޓީއޯ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އެއް މިންވަރެއްގައި ހިފެހެއްޓުމަށް ކުރި މަސައްކަތުގެ ސަބަބުން، ތެލުގެ ވިޔަފާރިން ލިބުނު މާޖިން ކުޑަވެ، އެ ދާއިރާގެ ޖުމްލަ ފައިދާ ވަނީ ދަށްވެފައެވެ.
ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ހޯދި ކުރިއެރުންތަކާއެކު، ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 335 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން ލިވްއެބޯޑް ފައިނޭންސް ތައާރަފުކޮށްފި
ގަޑިއިރެއް ކުރިން

ބިލެތްފަހި ކައުންސިލު ޢިމާރާތުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ
3 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ސަވާހެލި އައްޑޫސިޓީ ކައުންސިލް އިހްތިސާސްއަށް އައުމަކީ މުހިއްމު ކަމެއް: މޭޔަރ ނިޒާރު
3 ގަޑިއިރު ކުރިން

ރަށުމާރުކޭޓުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 20 ބިދޭސީން ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)