
ރަށުމާރުކޭޓުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 20 ބިދޭސީން ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 12:47
ހުޅުމާލޭ ރަށުމާރުކޭޓުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު އިމިގްރޭޝަނުން އިއްޔެ ހައްޔަރުކޮށްފިއެވެ.
މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހިންގި ހަރަކާތެކެވެ.
ހުޅުމާލޭގައި ހުންނަ ރަށުމާރުކޭޓް ބަލައި ފާސްކޮށް، އެތަނުގައި މަސައްކަތް ކުރަމުންދިޔަ 55 ބިދޭސީއަކު އިއްޔެ ވަނީ ޗެކްކޮށްފައެވެ.
މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލިޔެކިޔުން ފުރިހަމަނޫން އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 20 މީހެކެވެ.
ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ހޯމް މިނިސްޓްރީން ވަނީ އޮޕަރޭޝަން ކުރަނގީގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުޅާދާއިރާއެއްގައި އޮޕަރޭޝަނެއް 2024 މެއި މަހު ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކޮށް، ގަވާއިދުގެ ތެރެއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ނަމަވެސް، މި ފުރުސަތުގެ ބޭނުން ނުހިފާ، ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތްތަކާއި އަމިއްލައަށް ވިޔަފާރި ހިންގާ ބިދޭސީންނާ މެދު ސަރުކާރުން މިހާރު ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން ލިވްއެބޯޑް ފައިނޭންސް ތައާރަފުކޮށްފި
23 މިނިޓު ކުރިން

2 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެ
23 މިނިޓު ކުރިން

ބިލެތްފަހި ކައުންސިލު ޢިމާރާތުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ސަވާހެލި އައްޑޫސިޓީ ކައުންސިލް އިހްތިސާސްއަށް އައުމަކީ މުހިއްމު ކަމެއް: މޭޔަރ ނިޒާރު
2 ގަޑިއިރު ކުރިން


.gif&w=3840&q=75)