
ބިލެތްފަހި ކައުންސިލު ޢިމާރާތުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 12:48
ށ. ބިލެތްފަހީ ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތުގެ 64 އިންސައްތަ ނިމިއްޖެއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރާޅު އެޅުމާއި، ފެންވައިރު ކުރުމުގެ އިތުރުން ވަށައިފާރު ރޭނުމުގެ މަސައްކަތްތަކެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި އިމާރާތްތަކަކީ ފުލީ ފާނިޝްޑް ކޮށް، ބޭނުންވާނެ ހުރިހާ ފަރުނީޗަރާއި ކައުންޓަރުތަކާއެކު ފުރިހަމަކުރެވިގެން ހަވާލުކުރެވޭނެ ތަންތަނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތުގެ މާހައުލު ރަނގަޅުކުރުމަށް ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން، ޖުމްލަ 105 ރަށެއްގައި އާ އިދާރާ ބިނާކުރުމަށް ވަނީ ނިންމާފައެވެ.
މީގެ ތެރޭގައި ހިމެނެނީ އާރް.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ރަށެއްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ރަށެއްގެ މަސައްކަތެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން ލިވްއެބޯޑް ފައިނޭންސް ތައާރަފުކޮށްފި
27 މިނިޓު ކުރިން

2 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެ
27 މިނިޓު ކުރިން
.jpg&w=3840&q=75)
ސަވާހެލި އައްޑޫސިޓީ ކައުންސިލް އިހްތިސާސްއަށް އައުމަކީ މުހިއްމު ކަމެއް: މޭޔަރ ނިޒާރު
2 ގަޑިއިރު ކުރިން

ރަށުމާރުކޭޓުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 20 ބިދޭސީން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)