.jpg&w=3840&q=75)
އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު
ސަވާހެލި އައްޑޫސިޓީ ކައުންސިލް އިހްތިސާސްއަށް އައުމަކީ މުހިއްމު ކަމެއް: މޭޔަރ ނިޒާރު

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 12:47
ސަވާހެލި އައްޑޫސިޓީ ކައުންސިލް އިހްތިސާސްއަށް އައުމަކީ މުހިއްމު ކަމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަވާހެލި އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސް އިން ވަކިކޮށްފައިވާތީ އެކަން އަލުން ބަލަންޖެހޭ ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.
ސަވާހެލި އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސްގައި އަލުން ހިމެނުމަކީ މުހިއްމު ކަމެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ބިމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ބިން ކަމަށާއި އޭގެ މިލްކުވެރިފަރާތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވާން ނުޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.
މާލޭގައި ތިބޭ ބައެއްގެ ބެލުމުގެ ދަށަށް އައްޑޫ ސިޓީގެ ތަންތަން ގޮސްގެން ނުވާނެ ކަމަށް މޭޔަރ ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ހުރި ތަންތަން ސަރުކާރުން ގެންދާނަމަ އައްޑޫ ސިޓީ ކައުންސިލް އިމާރާތް އަޅާފައިވާ ބިން ގެންދިއުމަށް މޭޔަރ ނިޒާރު ވިދާޅުވިއެވެ.
ހުދުމުހުތާރު ގޮތަށް ކަންކަން ކުރުމަކީ އެމަނިކުފާނު ބަލައިގަންނަ އަދި އެކަމާއި މެދު ރުހެވޭނެ ގޮތެއް ނޫން ކަމަށް ނިޒާރު ވިދާޅުވިއެވެ.
ސަވާހެލި ގެ ތަރައްގީ އަށް މިސަރުކާރަށް ކަމެއް ކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް މޭޔަރ ނިޒާރު ވިދާޅުވިއެވެ.
މިސަރުކާރަށް ސަވާހެލި ތަރައްގީ ނުކުރެވޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
ސަވާހެލި އަލުން އަނބުރާ ކައުންސިލަށް ލިބިއްޖެނަމަ އައްޑޫ ސިޓީ ކައުންސިލުން އެތަން ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން މޭޔަރ ވަނީ އައްޑޫގެ ރައްޔިތުންނަށް އަރުވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިއުޅެނީ ދިވެހިރާއްޖެއަށް ނުކަތާވަރަށް ސިޔާސީ އިސްރާފު ގިނަވެގެން: އަލީ ވަހީދު
24 މިނިޓު ކުރިން

ސިނަމާލެ ބްރިޖަށް ގެއްލުން ލިބުނު މައްސަަލަ ތަހުގީގްކޮށް ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފި
29 މިނިޓު ކުރިން

ޗިލީގެ ދޮށީއުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 16 މީހުން މަރުވެއްޖެ
5 ގަޑިއިރު ކުރިން

ބަލްގޭރިއާގެ ގަލިވް އެއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ
5 ގަޑިއިރު ކުރިން


