
"ޑޮލަރު ލިބުން ދަތިވުމާއި ކަޅު ބާޒާރުގެ މައްސަލަ"

ރިޟްވާން މޫސާ - 30 ޖުލައި 2026 - 13:55
ދިވެހިރާއްޖޭގެ އިޤްތިޞާދަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ، އަދި ބޭނުންކުރާ މުދަލާއި ޚިދުމަތުގެ ބޮޑު ބަޔެއް ބޭރު ގައުމުތަކުން އިމްޕޯޓްކުރާ އިޤްތިޞާދެކެވެ.
މި ސަބަބަށްޓަކައި، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމަށް އެމެރިކާ ޑޮލަރުގެ ދައުރު ނުހަނު ބޮޑެވެ. ނަމަވެސް، ފާއިތުވި ގާތްގަނޑަކަށް އެކި ދުވަސްވަރުގެ ތެރޭގައި ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން އާންމުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމުގެ ސަބަބުން، ކަޅު ބާޒާރެއް (ޕެރަލެލް މާކެޓް) އުފެދި، އޭގެ ނޭދެވޭ އަސަރު މުޅި އިޤްތިޞާދަށް ދަނީ ކުރަމުންނެވެ.

ޑޮލަރު ލިބުން ދަތިވާ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން އެހެނިހެން ތަކެތިވެސް އިމްޕޯޓް ކުރަންޖެހެނީ އެކި ގައުމުތަކުން ކަމަށް ވެފައި މިކަންކަމަށް ޑޮލަރު ހޭދަކުރަންޖެހޭ މިންވަރު އިތުރުވެ އެވެ. މީގެ އިތުރުން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މި ސަރުކާރުން ނަގާފައިވާ ލޯނު ނުވަތަ ސުކޫކު ދެއްކުމުގެ މައްސަލަ އެވެ. ދައުލަތުން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ބޮންޑުތައް އަނބުރާ ދެއްކުމަށް ގިނަ އަދަދެއްގެ ޑޮލަރު ބޭނުން ކުރުމުން ވެގެން ދިޔައީ އިގްތިސާދީ ގޮތުން އޮތް ބޮޑު ގޮންޖެހުމަކަށް ކަމަށް އިގްތިސާދީ މާހިރުން ލަފާކުރައްވަ އެވެ.

ރަސްމީކޮށް ޑޮލަރުގެ ރޭޓް 15.42 މަޑުޖެހިފައިވީ ނަމަވެސް، ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 22 ރުފިޔާ އާއި 23 ރުފިޔާ އާއި ދެމެދުގެ މިންވަރަކަށް އުފުލިފައެވެ.
މުޅި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ދުނިޔޭގެ ނަމްބަރ ވަން ފަތުރުވެރިންގެ ޑެސްޓިނޭޝަނަކަށް ރާއްޖެ ވެފައިވާއިރު ފަތުރުވެރިކަމުގެ އިންޑަސްޓްރީން ޑޮލަރުގެ ތިއާގިކަން ނައުން މިއީ ސުވާލު އުފެދޭ ކަމެއް ނޫން ހެއްޔެވެ؟ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީގެ ބޮޑު ބައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމުގެ ބަދަލުގައި ބޭރުގެ ބޭންކުތަކުގައި ބެހެއްޓުން ނުވަތަ އަމިއްލަ މާކެޓުގައި ބޮޑު އަގުގައި ވިއްކުން. މިއޮތީ ގައުމުގައި ހައްދުފަހަނަ އަޅަފައި ނޫން ހެއްޔެވެ؟
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަނެގެން މުދަލާއި ޚިދުމަތް އިމްޕޯޓްކުރަން ޖެހުމުން، އެ މުދަލުގެ އަގު އާންމު ރައްޔިތުންނަށް ބޮޑުވެގެން ދެއެވެ. ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށާއި، ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ބޭންކު ކާޑުތަކުގެ ލިމިޓް ކުޑަވުމުގެ ސަބަބުން ކަޅު ބާޒާރުން ބޮޑު އަގުގައި ފައިސާ ހޯދަންޖެހެއެވެ.
ޤާނޫނާއި ޚިލާފަށް ހިންގާ ޑޮލަރުގެ ވަގު ބާޒާރު ހުއްޓުވުމަށް ފިޔަވަޅުތައް ވަރުގަދަކުރުމާއެކު، ބޭރު ފައިސާ މާރުކުރާ މަނީ އެކްސްޗޭންޖްތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ބެލެހެއްޓުން. ވަރަށް ވެސް މުހިންމު ކަމުގައި ދެކެމެވެ.

ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރެއް އުފެދިފައިވާ މައްސަލައަކީ ހަމައެކަނި އެއް ދާއިރާއަކުން އަޅާ ފިޔަވަޅަކުން ހައްލުކުރެވޭނެ މައްސަލައެއް ނޫނެވެ. މިއީ މާލީ އިދާރާތަކާއި، ސަރުކާރާއި، އަދި ވިޔަފާރިވެރިން ގުޅިގެން ދުރުރާސްތާގެ އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކެއް އަޅައިގެން ހައްލުކުރެވޭނެ ކަމެކެވެ. ރަސްމީ ނިޒާމުގެ ތެރެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުކޮށް، ދައުލަތުގެ ދަރަންޏާއި ޚަރަދުތައް ސީދާ މަގަށް ގެނެވިގެން މެނުވީ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ގދ.މަގުއްދުއާ ނުއަގުގައި ވިއްކާލަން އުޅެނީ، އެއީ ހިނގާ ކަމެއް: އާދިލް
2 ގަޑިއިރު ކުރިން

ޖަޕާނު ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 25އަށް!
4 ގަޑިއިރު ކުރިން
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ %8.4 އިތުރުވެއްޖެ!
ދުވަހެއް ކުރިން

ހޫތީން ސައުދީގެ އުޅަނދަކަށް ދިން ހަމަލާ ރާއްޖެއިން ކުއްވެރިކޮށްފި!
ދުވަހެއް ކުރިން


.gif&w=3840&q=75)