logo

ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ %8.4 އިތުރުވެއްޖެ!

profile

ރިޟްވާން މޫސާ - 29 ޖުލައި 2026 - 12:45

އަހަރުގެ މިހާތަނަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. ރިސޯޓް ކުލީގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ރިސޯޓް ކުލީގެ ގޮތުގައި ދައުލަތައް ލިބޭ އާމްދަނީ ދަނީ އިތުރުވަމުންނެވެ. މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން ޖުލައި 16ގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

މިއަހަރުގެ މި މުއްދަތުގައި ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %8.4 އިތުރުވުމެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ރާއްޖޭގައި މިވަގުތު ޖުމްލަ 185 ރިސޯޓެއް އެބައޮތެވެ. މީގެތެރެއިން އޮޕަރޭޝަނަލީ މަސައްކަތްކުރުމަށާއި، ފަތުރުވެރިންނަށް ޙިދުމަތް ދިނުމުގައި އޮޕަރޭޓް ކުރަމުން ދަނީ ޖުމްލަ 179 ރިސޯޓެކެވެ.

https://wamco.com.mv/

ރާއްޖެއަށް އާންމުދަނީ ލިބެމުން އަންނަ އެންމެ ބޮޑު އެއް ދާއިރާ އަކީ ފަތުރުވެރިކަމުގެ ދާއިރާ އަށް ވާއިރު މި ދާއިރާގެ އެންމެ ބޮޑު އާންމުދަނީ އެއް ލިބެނީ ބެޑް ޓެކްސްގެ ގޮތުގަ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ޙިދުމަތް ދެމުން އަންނަ ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީއަކީ 45،115 އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %72.9 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 877،914 ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk