logo

ވިލާތު ގައުމުތަކުން ނަތަންޔާހޫ ހައްޔަރުކުރަން ގޮވާލައިފި!

profile

ރިޟްވާން މޫސާ - 29 ޖުލައި 2026 - 04:37

ވިލާތުގެ ގައުމުތަކުން ނުލަފާ ޖައްބާށރު ނަތަންޔާހޫ ހައްޔަރުކުރަން ގޮވާލައިފި އެވެ.

https://wamco.com.mv/

ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު، އައިސީސީއިން ނެރެފައިވާ އަމުރަށް ހުރިހާ ދައުލަތްތަކުން ވެސް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ވިލާތުގެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.

ވިލާތުގެ ކޮމިޝަނުން އެ ގޮތަށް ގޮވާލާފައި މި ވަނީ ނަތަންޔާހޫ އެމެރިކާއަށް ދިޔުމަށް އައިސީސީގެ މެންބަރު ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަޙައްދުން ދަތުރުކޮށްފައި ވަނިކޮށެވެ.

ވިލާތުގެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ތަރުޖަމާނު، އަނުއަރް އަލް އަނޫނީ ސީދާ ނަތަންޔާހޫއާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެއް ނުވެއެވެ. އައިސީސީއާ ގުޅޭ ޚާއްޞަ ސުވާލުތައް ކުރަންވާނީ ސީދާ އައިސީސީއާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދުން އައިސީސީއަށާއި ރޯމް ސްޓެޓިއުޓްގައި ބަޔާންކޮށްފައިވާ އައިސީސީގެ އުސޫލުތަކަށް ތާއީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޯޓުގެ މިނިވަންކަމާއި، ވަކި ފަރާތަކަށް ނުޖެހި އޮންނަ އޮތުމަށް ވެސް ވިލާތުގެ އިއްތިޙާދުން އިޙްތިރާމް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ޖިނާއީ އަދުލްއިންސާފަށާއި އަދަބު ނުލިބި ސަލާމަތްވުމާ ދެކޮޅަށް ވިލާތުގެ އިއްތިޙާދުން މަސައްކަތްކުރާނެ ކަމުގެ ޔަޤީން ކަން ވެސް އޭނާ ދެއްވާފައިވެއެވެ.

އައިސީސީއިން ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރެއް ނެރެފައި ވަނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދިނުމުގައި ޔަހޫދީން ހަނގުރާމައިގެ ޖަރީމާތައް ހިންގާ، އިންސާނިއްޔަތާ ޚިލާފަށް ޢަމަލުކޮށްފައިވާތީއެވެ.

ނަތަންޔާހޫ ދަތުރުކުރި މަތިންދާބޯޓު ވަނީ ގްރީސްއާއި އިޓަލީވިލާތާއި ފަރަންސޭސިވިލާތުގެ ވައިގެ ސަރަޙައްދުން ދަތުރުކޮށްފައެވެ. އެ ތިން ޤައުމަކީ ވެސް ރޯމް ސްޓެޓިއުޓްގައި ބައިވެރިވެފައިވާ ތިން ޤައުމެެވެ. ނަތަންޔާހޫ ދަތުރުކުރި އުޅަނދު މި ފަހަރު ވެސް ދަތުރުކޮށްފައި ވަނީ މީގެ ކުރިން އެމެރިކާއަށް ދަތުރުކުރުމަށް ދެ ފަހަރެއްގެ މަތިން ބޭނުންކޮށްފައިވާ މަގާ ގާތްގަނޑަކަށް އެއް މަގަކުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk