logo

ޕެންޝަން ސްކީމަށް ފައިސާ ދެއްކުމުން ހައްޖަށް ދެވޭނެ ފުރުސަތެއްް!

profile

ރިޟްވާން މޫސާ - 29 ޖުލައި 2026 - 04:39

ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށް ދިޔުމަށް ފައިސާ ދެއްކޭނެ އިންތިޒާމާއެކު ހައްޖު ކިޔުއަށް އެރޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަނާ ބެހޭ ޤާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހުގައި ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މިއަހަރު މި ޤާނޫނަށް ގަނައި އިސްލާޙްގައި ޙައްޖަށް ދިޔުމަށްޓަކައި ޕެންޝަން ސްކީމްގެ ތެރެއިން ލުއިތައް ދިނުމަށް ވަނީ ނިންމަވާފައެވެ.

ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙްގައި ވަނީ ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުނީގެ ހަވާލުގައި ޙައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ %20 ޙައްޖަށް ދިޔުމަށް އެދޭ ފަރާތުން އެ ކުންފުންޏަށް ދައްކާފައިވާނަމަ، ޙައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ ތެރެއިން ބާކީ %80 ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖެއްސޭނެކަމަށެވެ.

https://wamco.com.mv/

ޙައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކުރުމަށްޓަކައ،ި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ހަމަޖެއްސުމާއި އެ ފައިސާ ދޫކުރުމާ ގުޅޭގޮތުން ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުންޏާއެކު ޕެންޝަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކުރަންޖެހެއެވެ.

އަދި މިއާއެކު ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ކަނޑައާޅާފައިވާ ކިޔުގެ ތަރުތީބުން އެމީހަކަށްވެސް ޖާގަ ރިޒާވްކޮށް ޙައްޖު ކިޔުއަށް އެރޭނެއެވެ.

މިގޮތަށް ޙައްޖު ކިޔުއަށް އެރޭނީ ކުރިންވެސް އޮންނަ ގޮތަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށާއި، ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށެވެ.

އަދި މިގޮތަށް ފައިސާ ދޫކުރުމަށްޓަކައި ޕެންޝަން ސްކީމްގައި ހުރި ފައިސާ ހިސާބުކުރަންވާނީ ގެދޮރު ގަތުމަށްޓަކައި ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ސްކީމުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެފައިސާ އުނިކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk