logo

300 ބައިވެރިންނާ އެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި

profile

ރިޟްވާން މޫސާ - 12 ސެޕްޓެމްބަރު 2026 - 06:49

އަށް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް 300 ބައިވެރިންނާ އެކު މިއަދު ފަށައިފި އެވެ.

https://wamco.com.mv/

ޓީޗާސް ކޮންފަރެންސަކީ ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ދިމާވާ މައްސަލަތައް ދެނެގަނެ އެ ކަންކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް 2012 ގައި ފެށި ޕްރޮގްރާމެކެވެ. ޓީޗަރުންގެ ކޮންފަރެންސް އެންމެ ފަހުން ބޭއްވީ 2024 ގައި މާލޭގަ އެވެ.

މި އަހަރުގެ ޓީޗަރުންގެ ކޮންފަރެންސްގެ ތީމަކީ " ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިން އިނޮވޭޝަން ފޯ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗާ" އެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް އަކީ ޓީޗަރުންނަށް ހާއްސަ ކޮށްގެން ބާއްވަމުން އަންނަ ކޮންފަރެންސް އެކެވެ.

މިއަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި، މާދަމާގެ ނިޔަލަށެވެ.

ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ޓީޗަރުންގެ ކޮންފަރެންސްގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

300 ފަރާތަކުން އެ ކޮންފަރެންސްގައި ބައިވެރިވާން ރަޖިސްޓަރީ ކޮށްފައިވާއިރު އޭގެ ތެރެއިން 106 ފަރާތަކުން 70 ޕްރެޒެންޓޭޝަންތައް ހުށައެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިއާގެ މެނޭޖިން ޑިރެކްޓަރު އަރުން ރާޖަމަނީ އާއި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހްމޫދު ޝައުގީގެ ފަރާތުން ކީ ނޯޓް ސްޕީޗެއް ވެސް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ކޮންފަރެންސްގެ ބައިވެރިންނަށް ހާއްސަކޮށް ޖުމްލަ ހަތަރު ވޯކްޝޮޕެއް ބާއްވާނެ އެވެ. އަދި ގއ. މާމެންދޫ ސްކޫލާއި މުހުޔިއްދީން ސްކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލުގެ ފަރާތުން އިންކްލޫސިވް އެޑިއުކޭޝަނާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.

https://wamco.com.mv/
tel:+9607331319