
ރައީސް އޮފީހުން އިސްވެރިން ބިނާކުރުމުގެ ދެވަނަ ބައްދަލުވުން ބާއްވައިފި

މުޙައްމަދު ފަޟްލޫން - 14 އޮކްޓޯބަރު 2026 - 12:37
ރައީސް އޮފީހުން އިސްވެރިން ބިނާކުރުމުގެ ދެވަނަ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުން ބިނާކޮށްފައިވަނީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި ގްރޫޕް ޑައިނަމިކްސްގެ މައްޗަށެވެ.
ޓީމް ބިލްޑިންގ އެންޑް ގްރޫޕް ޑައިނަމިކްސް ގެ ނަމުގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުން ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ތޯހާ ސަލީމް ފެސިލިޓޭޓް ކޮށްދެއްވި މި މަސައްކަތު ބައްދަލުވުމުގައި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގައި ހުންނަ އުސޫލުތަކާއި، މަސައްކަތުގެ މާހައުލުގައި ފައިދާހުރި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، މުއާމަލާތްކުރުން ހަރުދަނާކުރުމާއި، އިތުބާރު ގާއިމުކުރުމުގެ އިތުރުން، ހަރުދަނާ މަސައްކަތުގެ ގުޅުންތަކެއް ބިނާކުރުމަށް ބޭނުންވާ މުހިންމު އުސޫލުތައް ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ. އަދި ޓީމުތަކުގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތައް ހައްލުކުރުމާއި، މުވައްޒަފުންގެ ހިތްވަރާއި ޝައުގުވެރިކަން އިތުރުކޮށްދޭފަދަ މާހައުލެއް ބިނާކުރުމަށް މި ބައްދަލުވުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.
އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށްގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމަންޓަރީ އެފެއާޒް އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމަންޓް ސެކްޝަނާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޯސިމް) ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ
ގުޅުން ހުރި ޙަބަރުތައް

ގުރައިދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި
3 ގަޑިއިރު ކުރިން

ވާހަކަ - ބަދުނާމު ( އެޕިސޯޑް 1 )
7 ގަޑިއިރު ކުރިން

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ
9 ގަޑިއިރު ކުރިން

ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީގެ ސަރުކާރުން ފެށި އާރްޓީއެލްގެ ޚިދުމަތަކީ މުހިންމު މަޝްރޫޢެއް: އާޒިމް
9 ގަޑިއިރު ކުރިން


