logo

އަންނަ އަހަރު އެސްއޯއީ ތަކަށް ކުރާ ހަރަދު ކުޑަވާނެ

profile

ޝަހްޒާ މުޙައްމަދު - 08 ނޮވެމްބަރު 2025 - 11:58

އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރާ ޚަރަދު މި އަހަރަށްވުރެ 72.9 އިންސައްތަ ކުޑަވާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ލަފާކޮށްފިއެވެ.

https://wamco.com.mv/

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ފޮތުގައި ފިނޭންސްއިން ވަނީ ބަޖެޓްގެ ބައެއް ތަފްސީލީ މައުލޫމާތު ހިމަނާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ފައިސާއާއި ގުޅޭގޮތުން ބަޖެޓުގައި ހިމަނާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި 902.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

އަންނަ އަހަރަށް ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 902.5 މިލިޔަން ރުފިޔާ ހިމަނާފައިވާއިރު، މިއީ ފާއިތުވި 5 އަހަރުގެ އެވަރޭޖަށްވުރެ ވެސް 53 އިންސައްތަ ދަށް އަދަދެކެވެ.

މި އަހަރު ކުންފުނިތަކުގެ ޚަރަދު (3.3 ބިލިޔަން ރުފިޔާ) އިތުރުވީ، އަލަށް އުފެއްދި ތިން ކުންފުންޏަކަށް ސްޓާޓްއަޕް ކެޕިޓަލް (724.4 މިލިޔަން ރުފިޔާ) ދިނުމާއި، ވިޒިޓް މޯލްޑިވްސްގެ ޚަރަދު އެސްއޯއީ ކެޕިޓަލްގެ ގޮތުގައި ހިމެނުމުންނެވެ.

އަލަށް އުފެއްދި ކުންފުނިތަކަށް ދިން ސްޓާޓްއަޕް ކެޕިޓަލް އަކީ އެންމެ ފަހަރަކު ކުރާ ޚަރަދަކަށް ވާތީ، އަންނަ އަހަރު މި ޚަރަދު ބަޖެޓުން މަދުވެގެންދާނެއެވެ.

މި އަހަރުގެ ޖުމްލަ ޚަރަދު އިތުރުވި ނަމަވެސް، އެމްއައިޓީޑީސީ އާއި ވެމްކޯ ފިޔަވައި އެހެން ކުންފުނިތަކަށް ދެމުން އައި މިންވަރު ވަނީ މަދުކުރެވިފައެވެ.

ކެޕިޓަލް ޚަރަދު އެންމެ ބޮޑަށް ދަށްވާނެ ކަމަށް ބެލެވޭ ކުންފުނިތަކުގެ ތެރޭގައި ފެނަކަ، މޯލްޑިވްސް ފަންޑް މެނޭޖްމެންޓް، މޯލްޑިވްސް ޕޯސްޓް އަދި އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓް ހިމެނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay