logo
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ފިނޭންސްގެ ހުއްދަ ނެތި އާ މަގާމުތައް ނުއުފެއްދުމަށް އަންގައިފި

profile

ޔޫޝައު ހަސަން - 01 ފެބްރުއަރީ 2023 - 14:26

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އާ މަގާމުތައް ނުއުފެއްދުމަށް އެ މިނިސްޓްރީން އިއްޔެ ދައުލަތުގެ ހުރިހާ އިދާރާތަކަށް އަންގައިފިއެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނީ އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުކުރުމަށާއި ހަރަދުތައް ރަނގަޅަށް ކުރުމަށް ފިިިޔަވަޅުތައް އަޅަން އަންގާކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ފޮނުއްވި އެ ސާކިއުލާގައި ވަނީ ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށް ފަހު، މި މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

ބަޖެޓްގައި ހިމަނާފައި އޮތަސް، މިހާރު ދޭން ފަށާފައި ނުވާ އައު އެއްވެސް އެލަވަންސެއް، އެ މިނިސްޓްރީގެ ހުއްދަ ނެތި އަހަރުތެރޭގައި ނުދެވޭނެ ކަމަށް ވެސް އަންގާފައިވެއެވެ.

މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް، ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް ނުގެނެއުމަށް ވެސް ސާކިއުލާގައި އެދިފައިވެއެވެ.

މީގެއިތުރުން ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމުމަށާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށް އެދިފައިވެއެވެ.

މީގެ އިތުރުން، ސްޓަޑީ ޓުއާތަކާއި ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ކުރާ ދަތުރުތައް ވެސް ހިމެނޭހެން ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ވެސް ވަނީ އަންގައިފައެވެ. އަދި ގައުމީ ސްކޮލާޝިޕް ސްކީމުތަކުގެ ބޭރުން އެއްވެސް އިތުރު އާ ސްކޯލާޝިޕެއް ނުދިނުމަށް ވެސް އެ ސާކިއުލާގައި އަންގާފައި ވެއެވެ.

ސާކިއުލާގައި އަންގާފައި ވަނީ ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ބަޖެޓް ދަރަނި ނުވަތަ ޑެފިސިޓް ހުންނާނީ 8.6 ބިލިއަން ރުފިޔާގައެވެ.

ސާކިއުލާގައި ވަނީ، ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ އަދި ކައުންސިލްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އިން ހަރަދުކުރުމުގައި ވެސް އެ ސާކިއުލާގައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރަން އަންގައިފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay