
ފިނޭންސް މިނިސްޓްރީ
ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޫކުރަން ކަނޑައެޅި ބަޖެޓުން ބޮޑުބައި ދޫކޮށްފި

އަހުމަދު ޒަލީފު - 16 ފެބްރުއަރީ 2023 - 15:43
ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޫކުރަން މިއަހަރު ކަނޑައެޅި ބަޖެޓުން ބޮޑުބައި ދޫކޮށްފިއެވެ.
މި އަހަރުގެ ބަޖެޓުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޭދަކުރަން ކަނޑައެޅީ 101 މިލިއަން ރުފިޔާ އެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 09 ވަނަ ދުވަހުގެ ނިޔަލަށް 92.6 މިލިއަން ރުފިޔާ ވަނީ އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީފައެވެ. ނަމަވެސް ގެއްލުމުގެ ބަދަލު ދިނީ ކޮންކޮން ފަރާތްތަކަކަށް ކަމެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް ކުރީގެ ސަރުކާރުތަކުން އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭންޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރައެވެ.
2019 ވަނަ އަހަރު އެންމެ ބޮޑު ބަދަލެއް ދިނީ ނޫމަޑިއަށެވެ. އެކުންފުންޏަށް އެކަނި ވެސް 55 މިލިއަން ޑޮލަރު ދިނެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 844 މިލިއަން ރުފިޔާ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން