
އެއް އަހަރު ވެފައިވާ މީޑިއާތަކަށް އެހީ ލިބޭގޮތަށް އުސޫލު ބަދަލުކޮށްފި

ޝަހްޒާ މުޙައްމަދު - 25 ޑިސެމްބަރު 2025 - 13:49
ރަޖިސްޓަރީ ކޮށްގެން ހިންގާތާ އެއް އަހަރު ދުވަސްވެފައިވާ މީޑިއާތަކަކަށްވެސް ދައުލަތުގެ މާލީ އެހީ ލިބޭގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
މީޑިއާތައް ރެގިއުލޭޓްކުރާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވަނީ އުސޫލަށް ގެނައި ބަދަލަކީ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު ތަންފީޒު ކުރުމުގެ ގޮތުން ގެނައި މުހިންމު ބަދަލެއް ކަމަށެވެ.
އެގޮތުން، އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ ޝަރުތުތަކަށް ލުއިދީ، ރަޖިސްޓްރީކޮށްގެން ހިންގާތާ 3 އަހަރުގެ ބަދަލުގައި 1 އަހަރު ވެފައިވާ މީޑިއާތަކަށް އެހީއަށް އެދެވޭ ގޮތަށް ވަނީ ބަދަލުކޮށްފިއެވެ.
މި ބަދަލާއެކު އެހީ ލިބޭ މީޑިއާތަކުގެ އަދަދު 18 އިން ގާތްގަނޑަކަށް 60 އަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
ފައިސާ ދޫކުރުމުގައި މީޑިއާ ހައުސްތަކުގެ އިދާރީ ހިންގުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، އާންމު ހޭލުންތެރިކަމުގެ ކޮންޓެންޓް އުފައްދާ މިންވަރަށް ބަލައި މާކްސް ދޭނުމަަށް ވަނީ ނިންމާފައެވެ.
ކުރިން ތިން ފަހަރަށް ބަހާލައިގެން ފައިސާ ދޫކުރާ ގޮތަށް އޮތް ނަމަވެސް، އައު އުސޫލުގެ ދަށުން އެހީގެ ފައިސާ ދޫކުރާނީ އެއްފަހަރާ އެކުގައެވެ.
މި އަހަރުގެ ބަޖެޓުގައި މީޑިއާތަކަށް އެހީވުމަށް 27 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލިނގިލީގައި ހެދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް އެއްކޮށް ނިންމާލައިފި
3 މިނިޓު ކުރިން

65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުން ހައްޖު ޖާގަ ކަށަވަރުކުރެވޭ ގޮތް ހަދައިފި
4 މިނިޓު ކުރިން

ދުވަހެއް ދުވަހަކަށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
8 މިނިޓު ކުރިން

ނޮވެމްބަރު 19 ގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް ނިންމަނީ
9 މިނިޓު ކުރިން


