
މާލޭގެ ދަތުރުވެރިންގެ މާރުކޭޓް، ފޮޓޯ: ސޯޝަލް މީޑިއާ
ދުވަހެއް ދުވަހަކަށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

އާމިނަތު ޝަޒްލާ - 05 ނޮވެމްބަރު 2026 - 11:52
ދިވެހިރައްޔިތުން ކޮންމެ ދުވަހަކު ޒަރޫރީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދުވަހެއް ދުވަހަކަށް އިންތިހާއަށް އުފުލެމުންދާތީ، އެކަމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުހަނު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ބާޒާރުގެ ހަފްތާގެ އަގުލިސްޓަށް ބަލާއިރު، ނިމިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންކުރާ މުހިންމު 10 ބާވަތެއްގެ އަގު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އުފުލިފައެވެ. މީގެ ތެރޭގައި ދިވެހިންގެ ކެއުމުގައި އާންމުކޮށް ހިމެނޭ ބިސް، ޓޮމާޓޯ، ލޮނުމެދު، އަލުވި، ފިޔާ، ކަރާ، ކެރެޓް، އާފަލު، ކުކުޅު އަދި ގެރިމަސް ހިމެނެއެވެ.
މި ލިސްޓުން ދައްކާ ގޮތުގައި އެންމެ ބޮޑު އިންސައްތައަކުން އަގު އުފުލިފައިވަނީ ޓޮމާޓޯއިންނެވެ. އެގޮތުން 28 އޮކްޓޯބަރުގައި 23 ރުފިޔާއަށް ހުރި ޓޮމާޓޯ ކިލޯއެއްގެ އަގު، ނޮވެމްބަރު 4 އާ ހަމައަށް އައިއިރު ވަނީ 75 ރުފިޔާއަށް އުފުލިފައެވެ. މިއީ 52 ރުފިޔާގެ އިތުރުވުމެއް ކަމަށްވާއިރު، މިއީ 226.1 އިންސައްތައިގެ ބޮޑުވުމެކެވެ. މީގެ އިތުރުން 15 ރުފިޔާއަށް ލިބެންހުރި އަލުވި ކިލޯއެއް 25 ރުފިޔާއަށް އަރައި 66.7 އިންސައްތަ ވަނީ ބޮޑުވެފައެވެ. އަދި ވަކިން ވިއްކާ މުށި ބިހެއްގެ އަގު 2.50 ރުފިޔާއިން 4 ރުފިޔާއަށް އުފުލި، 38 އިންސައްތައިގެ ބަދަލެއް ވަނީ އައިސްފައެވެ.
ނިމިދިޔަ އޮކްޓޯބަރު މަހުގެ 28 އިން ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ބާޒާރުގައި ބައެއް ތަކެތީގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން އެންމެ ބޮޑު އިންސައްތައަކުން އަގު އުފުލިފައިވަނީ ޓޮމާޓޯއިންނެވެ؛ ޓޮމާޓޯ ކިލޯއެއްގެ އަގު 23 ރުފިޔާއިން 75 ރުފިޔާއަށް (226.1 އިންސައްތަ) ބޮޑުވެފައިވާއިރު، އަލުވި ކިލޯއެއްގެ އަގު ވަނީ 15 ރުފިޔާއިން 25 ރުފިޔާއަށް (66.7 އިންސައްތަ) އަދި މުށި ބިހެއްގެ އަގު 2.50 ރުފިޔާއިން 4 ރުފިޔާއަށް (38 އިންސައްތަ) އުފުލިފައެވެ. މީގެއިތުރުން، އާފަލު ކިލޯއެއް 7 ރުފިޔާއިން 9 ރުފިޔާއަށް (22 އިންސައްތަ)، ގެރިމަސް ކިލޯއެއް 190 ރުފިޔާއިން 225 ރުފިޔާއަށް (18.4 އިންސައްތަ)، ލޮނުމެދު ކިލޯއެއް 50 ރުފިޔާއިން 60 ރުފިޔާއަށް (17 އިންސައްތަ) އަދި ފިޔާ ކިލޯއެއްގެ އަގު 17 ރުފިޔާއިން 20 ރުފިޔާއަށް (15 އިންސައްތަ) ވަނީ މައްޗަށް ގޮސްފައެވެ. އަދި ކެރެޓް ކިލޯއެއް 35 ރުފިޔާއިން 40 ރުފިޔާއަށް (13 އިންސައްތަ) އަދި ކަރާ ކިލޯއެއް 18 ރުފިޔާއިން 20 ރުފިޔާއަށް (11.1 އިންސައްތަ) ބޮޑުވެފައިވާއިރު، އެންމެ ކުޑަ ބަދަލެއް އައިސްފައިވަނީ ކުކުޅު މަހަށެވެ؛ ކުކުޅު ކިލޯއެއްގެ އަގު 53 ރުފިޔާއިން 54 ރުފިޔާއަށް (2 އިންސައްތަ) ވަނީ އުފުލިފައެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ދުވަހަކު ކެއިންބުއިމަށް ބޭނުންކުރާ އަސާސީ މިފަދަ ބާވަތްތަކުގެ އަގު އަތްނުފޯރާ ފަށަށް އުފުލެމުން ދިއުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެ، އެތައް އާއިލާއަކަށް އޭގެ ދަތިކަމާއި ތަކުލީފު އުފުލަންޖެހިފައިވާ ކަމެކެވެ. އަދި ބާޒާރުގެ އަގުތައް ކޮންޓްރޯލްނުވެ މިގޮތަށް މައްޗަށް ދިއުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވިލިނގިލީގައި ހެދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް އެއްކޮށް ނިންމާލައިފި
6 މިނިޓު ކުރިން

65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުން ހައްޖު ޖާގަ ކަށަވަރުކުރެވޭ ގޮތް ހަދައިފި
7 މިނިޓު ކުރިން

ނޮވެމްބަރު 19 ގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް ނިންމަނީ
12 މިނިޓު ކުރިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
4 ގަޑިއިރު ކުރިން


