
އެއްވެސް ރައްޔިތަކަށް ވަކި ގޮތަކަށް ވޯޓުލާކަން ނާންގަން: އިލެކްޝަން

ރިޟްވާން މޫސާ - 01 އޭޕްރީލު 2026 - 08:50
އިލެކްޝަންސް ކޮމިޝަނުން އެއްވެސް ރައްޔިތެއްގެ ވޯޓުލުމުގެ ޙައްގައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ވޯޓުލުމަށް ނާންގާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮލް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އިލެކްޝަން ކޮމިޝަނުން އިންތިހާބަށް ނުފޫޒު ފޯރުވަމުން ދާކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަން މީޑިޔާގައި އިލެކްޝަން ކޮމިޝަން ގެ މައްޗަށް ތުހުމަތުކޮށް ވާހަކަ ތަކެއް ފަތުރާފަ އެވެ.
އިލެކްޝަންސް ކޮމިޝަނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް އެ ކޮމިޝަނުން އަމަލުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ.
އެގޮތުން، ވޯޓުލާންދާ މީހާ ކައިރިން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އެހުމަށްފަހު 3 ވޯޓު ކަރުދާހުގެ ބަދަލުގައި އެ މީހަކު ވޯޓުލާން ބޭނުންވާ ކަމަށް ބުނާ ކަރުދާސްކޮޅު އެކަނި ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި 3 ވޯޓުގެ 3 ކަރުދާސް ވޯޓުލާން ދާ މީހާއަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުން ނުވާ ކަަމަށްވެސް ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވަމުން އިލެކްޝަން ކޮމިޝަން ގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވީ ވަކިގޮތަކަށް ވޯޓުލުމަށް ރައްޔިތުންގެ ކައިރީގައި ބުނުމަކީ އެ ކޮމިޝަނުން އަމަލުކުރާ ހަމަތަކެއް ނޫން ކަމަށާއި އެގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ކޮންމެ ރައްޔިތަކަށްވެސް 3 ކަރުދާސްކޮޅު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮމިޝަނުން ބުނީ ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ޙައްގު ކަށަވަރު ކުރެވޭނެ ކަމަށެވެ.
މި އިންތިޚާބުގައި 3 ވޯޓުގެ ވޯޓު ކަރުދާސްލުމަށް ފޮށިތައްވެސް ހުންނާނީ ވަކިކޮށްފައެވެ. މިއީ އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

161،000އަށްވުރެ ގިނަ ފަތުރުވެރިން މިދިޔަ މަހު ރާއްޖެއަށް!
2 ގަޑިއިރު ކުރިން

ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް ހެދި ގާނޫނު ބަލައެއް ނުގަނެވޭނެ: އީޔޫ
2 ގަޑިއިރު ކުރިން
ތެޔޮ ހިފައިގެން ހުރުމުޒް ކަނޑުއޮޅި ހުރަސްކުރަން ދިޔަ ޓޭންކަރަކަށް އީރާނުން ހަމަލާދީފި
2 ގަޑިއިރު ކުރިން

އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފަށައިފިން: ބީއެމްއެލް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)