logo

ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް ހެދި ގާނޫނު ބަލައެއް ނުގަނެވޭނެ: އީޔޫ

profile

ރިޟްވާން މޫސާ - 01 އޭޕްރީލު 2026 - 08:50

ޔަހޫދީން އިސްވެ އެކުލަވާލާފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދިނުމަށް އެކުލަވާލި ގާނޫނު އެއްވެސް ވަރަކަށް ބަލައި ނުގަނެވޭނެ ކަމަށް ވިލާތުގެ ޤައުމުގެތަކުގެ އިއްތިޙާދު، އީޔޫން ބުނެފި އެވެ

https://wamco.com.mv/

ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ އަދަބުދީ މަރުގެ އަދަބު އެ މީހުންގެ މައްޗަށް ތަމްފީޒު ކުރުމަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވައުދެކެވެ.

މި ގާނޫނަށް އަމަލު ކުރުމަށް ހުކުމް އިއްވަނީ ވެސް ޔަހޫދީ އިސްރާއީލުގެ އަސްކަރީ ކޯޓަކުންނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ފާސްކުރި ޤާނޫނަކީ ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އީޔޫގެ ތަރުޖަމާނު ވަނީ ސިފަކުރައްވައިފައެވެ.

އީޔޫ އިން ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޑިމޮކްރަސީގެ ހަމަތަކަށް އިޙްތިރާމުކޮށް، އެ ޤާނޫނު އުވައިލުމަށް އޭނާ ވަނީ ޔަހޫދީންނަށް ގޮވާލައްވައިފައެވެ.

އިސްރާއީލުގެ މި ގާނޫނާއި ދެކޮޅަށް އީޔޫން ކަންބޮޑުވުން ފާޅުކޮށް މި ގާނޫނު އުވައިލުމަށް އިސްރާއީލަށް ގޮވާލާފައިވާއިރު އީޔޫ އިން އިސްރާއީލަށް އަޅަނީ ކޮން ފިޔަވަޅެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދޭން ޤާނޫނެއް ހަދާފައިމިވަނީ، ފަލަސްޠީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ޖަރީމާތައް އަނެއްކާވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު އިސްރާއީލުން ހަމަލާތައް ދެމުން އަންނަ އިރު ހަމަލާތަކުގައި ފަލަސްތީނުގެ އަންހެނުންނާއި، ކުޑަކުދިން ވެސް ދަނީ ޝަހީދުކޮށްލަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk